ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

22 ތަނެއްގެ ވިޔަފާރި އަލުން ހުޅުވުމުގެ ހުއްދަ ދީފި

ބިދޭސީން ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހޯދައި ފިޔަވަޅު އެޅުމަށް ސަރުކާރުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ބަންދުކުރި ތަންތަނުގެ ތެރެއިން 22 ވިޔަފާރިއެއް އަލުން ހިންގުމުގެ ހުއްދަ ދީފިއެވެ.

އިޤްތިޞާދީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އަޙްމަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ލިބުނު 307 ޝަކުވާއާ ގުޅިގެން 153 ތަނެއް ބަލައިފާސްކޮށް، އޭގެ ތެރެއިން 66 ތަނެއް ވަނީ ބަންދުކޮށްފައެވެ. މީގެ ތެރެއިން 46 ތަނެއް ބަންދުކުރީ އިޤްތިޞާދީ ވުޒާރާގެ ޤާނޫނުތަކާ ޚިލާފުވެގެން ކަމަށާއި، ބާކީ 20 ތަން ބަންދުކުރީ އެހެނިހެން ޤާނޫނުތަކާ ޚިލާފުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނާއި އެޗްޕީއޭ އަދި އެމްއެފްޑީއޭގެ ޤަވާއިދުތަކުގައި ބަޔާންކުރާ ކަންކަން ފުރިހަމަކޮށް، ޖޫރިމަނާއެއް ދައްކަންޖެހޭ ނަމަ އެ ފައިސާ ދެއްކުމުން ވިޔަފާރި އަލުން ހުޅުވުމުގެ ހުއްދަ ލިބޭނެއެވެ.

މިދިޔަ މަހު އެކުލަވާލި މި ޓާސްކްފޯހުގެ މަސައްކަތާ އެކު، ކުރަނގި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 9،697 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

މި ރޯދަ މަހުގެ ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 2 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފި

tourists

ދަތުރުކުރުމުގައި ދަތިވެފައިވާ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްފި

immigration

ރަމަޟާން މަހުވެސް އިމިގްރޭޝަނުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ