ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށްޓެވުމަށް ރައީސް ނިންމަވައިފި

raees muiz

ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢު ދަށުން 250 ދިވެހި ތެރަޕިސްޓުން ތަމްރީން ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މި މަޝްރޫޢު މިފެށޭ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ މަޝްރޫޢުގެ ދަށުން ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއަ ތެރަޕިސްޓުންގެ އިތުރުން ސައިކޯ ތެރަޕިސްޓުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިފަދަ ތެރަޕީއަކީ މުހިއްމު އެއްޗަކަށްވެފައި ރަށްރަށުން ޚާއްސަކޮށް މި ޚިދުމަތް ލިބެން ނުހުރެއެވެ. ސްޕީޗް ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީއަކީ ހެދިބޮޑުވުމުގައި މިފަދަ މައްސަލަތައް ހުންނަ ކުދިންނަށް ވަރަށް މުހިންމު ފަރުވާގެ ނިޒާމެކެވެ. ނަމަވެސް އިންސާނީ ވަސީލަތުގެ ދަތިކަމުގެ ސަބަބުން މިހާތަނަށްވެސް މި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ. އެހެންކަމުން ދަރުކާރުން ގެންދަވަނީ މި ޚިދުމަތްތައް އަތޮޅުތެރެއަށްވެސް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިވީ 2 އަހަރުގެ ތެރޭގައި މިފަދަ ޚިދުމަތްތައް އެކި އަތޮޅުތަކުގައި ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

އެންސްޕާގެ ތަފާހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް 12.4 މިލިޔަން ރުފިޔާ ޚަރދުކޮށްފައިވެއެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އުމުރުން 18 އަހަރުން ދަށުގެ 342 ކުއްޖަކަށް ތެރަޕިއުޓިކް ފާރުވާ ދިނުމަށް އެހީދީފައިވެއެވެ. މީގެ އިތުރުން އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ 17 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ތެރަޕީގެ ބާވަތުން ކުރި ޚަރަދަށް ބަލާއިރު އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ބިހޭވިއާ ތެރަޕީ ދިނުމަށެވެ. އެއީ 3.5 މިލިޔަން ރުފިޔާގެ އެހީއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި