ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަރީއަތް މާދަމާއަށް ފަސްކޮށްފައި ވަނިކޮށް ކޭޕާކް މަންޑޭ ފިލައިފި

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްސަލާގެ އަޑުއެހުން ފަސްކުރަން މަންޑޭގެ ފަރާތުން އެދުނުގޮތަށް މާދަމާއަށް އަޑުއެހުން ފަސްކޮށްދިނުމުން އޭނާ ފިލައިފިއެވެ.

މަންޑޭ ފިލިކަން އެނގުނީ މާދަމާގެ އަޑުއެހުމަށް އޭނާ ހާޒިރުކުރަން ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދަން ގެއަށް ދިޔުމުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަންޑޭ ހޯދަން ފުލުހުން މިއަދު ދިޔައިރު އޭނާ ގެއަކު ނެތެވެ. އަދި އޭނާ ދިޔަތަކެއް ނޭނގޭ ކަމަށް އެގޭގައި ދިރިއުޅޭ ފަރާތްތަކުން ބުނެއެވެ.

ކޭ ޕާކް ހަދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް މަންޑޭގެ މައްޗަށް މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އެ މައްސަލާގައި އޭނާގެ އެޕާޓްމެންޓާއި އޭނާގެ އަގު ބޮޑެތި ސާމާނުތަކެއް ފުލުހުން ހިފެހެއްޓިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މިއަދުގެ އަޑުއެހުން މާތްﷲއަށްޓަކައި ވެސް ފަސްކުރަން މަންޑޭގެ ފަރާތުން އެދި ސިޓީއެއް ފޮނުވި ކަމަށެވެ. އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް އެންގުމުން ވެސް ހާޒިރުނުވި ކަމަށް ގާޒީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

I Ibbe
Kurevunukanthah ranglhuve adhves sarukaarah jessunkuranveetha

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

Oo

ނައީމާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަވާޒު ޝަރުތުތަކާއެކު ދޫކޮށްލައިފި