ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމީ ޢަޤީދާއިން މަގުދައްކައިދެނީ އެންމެން އެއްބައިވަންތަވާން ޖެހޭކަން: ރައީސް

raees muiz

އިސްލާމީ ޢަޤީދާއިން މަގުދައްކައިދެނީ އެންމެން އެއްބައިވަންތަވާން ޖެހޭކަން ކަމަށާއި ސުނާމީ ކާރިސާ އަދި އެނޫންވެސް ކޮންމެ އުނދަގޫ ޙާލަތެއްގައިވެސް ދިވެހީންގެ ސަލާމަތަށް ވެގެން ދިޔައީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ދެއްކި ރިވެތި ޚުލްޤާއި ސުލޫކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހީންގެ ހިތްތަކުގައި އެންމެ ފުނަށް ފޭދިފައިވާ އިސްލާމީ ޢަޤީދާއިން މަގުދައްކައިދެނީ ޤައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވަންތަވާން ޖެހޭކަން ކަމަށެވެ. އަދި އެކަކު އަނެކަކަށް ހެޔޮ ފޯރުކޮށްދީ އިޙްސާންތެރިކަމާއި އަޅާލުން އިސްކޮށްގެން ޤައުމު ބިނާކުރުމުގައި އަތުގުޅާލުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާއި އެނޫން އުނދަގޫ ދަތި ޙާލަތްތަކުގައިވެސް ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެގެން ދިޔައީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ހިފެހެއްޓި ރިވެތި ޚުލްޤާއި ސުލޫކު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓު ނިންމަވާލެއްވީ، ދިވެހީންގެ ބަދަހިކަން އިތުރުކުރައްވާ، ސަލާމަތާއި ރައްކާތެރިކަމުގައި ރާއްޖެ އަބަދުމެ ލެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހަކީ، ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ، ސުނާމީ ކާރިސާގެ ހިތްދަތި ވަގުތުތަކުގައިވެސް ދިވެހީން ދެއްކި އެއްބައިވަންތަކަމާއި އޯގާތެރިކަމުގެ ހަނދާންތައް އައުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި