ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނުމަގު މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފަށައިފި

މާލޭ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގަށްވީ ބައި ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަަވަހީގެ ދަށުން  ޝީޓް ޕައިލިން މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މާލޭގެ އުތުރުގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި މިހާރުވަނީ ނިމިފައެވެ. އަދި ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ހަލުއި ދުވެލީގައި ކުރިއަށްގެންދަމުންދާއިރު، އެ މަސައްކަތް ހިނގަމުންދާ ގޮތުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު އެމްޓީސީސީން އަންނަނީ ހިއްސާކުރަމުންނެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުން މާލޭ އުތުރުގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޝީޓު ޕައިލްކުރުމުގެ މަސައްކަތުގެ އިތުރަށް ކުއޭ ވޯލް ހަލާކުކުރުމުގެ މަސައްކަތުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އޭގެ އިތުރަށް ސެޓްލްމެންޓު ޓޭންކުތައް ބެހެއްޓުމުގެ މަސައްކަތްވެސް ފަށައިގެން ވަރަށް ބޮޑަށް ކުރިއަށްގެންދެވިފައިވާކަން އެމްޓީސީސީން ފާހަގަކުރިއެވެ. އެ މަސައްކަތުގެ 40 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫއަކީ މާލެއައި އަރައި ފޭބުން ފަސޭހަކޮށްދީ، މާލެ ތެރޭގެ ދަތުރުފަތުރު ލުއިކޮށް ކާރޫބާރޫ ބޮޑުވުން ކުޑަކޮށްދޭނެ މަޝްރޫއެއް ކަމަށެވެ. އަދި ހިނގައިބިނގައިވެ އުޅުމަށް ފަސޭހަ މަގުތަކަކަށް މާލޭގެ މަގުތައް ހެދޭނެ މަޝްރޫއެއް ކަމުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުފަތުރުކުރުމަށް ބޮޑެތި ލުއިތަކެއް ލިބި ތޮއްޖެހުން ކުޑަވާނެކަމަށާއި، މި މަގުގައި ގާއިމުކުރެވޭ ފެން ހިންދާ ނިޒާމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށްވެސް ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ