ކުއްލި ޚަބަރު

ރައީސްގެ ވައުދާއެއްގޮތަށް އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ބޮޑުކޮށްފި، ހަތަރު ކުދިން ތިބޭނަމަ 15،000ރ. ލިބޭ

ޗައިނާ އިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ސްކޭމްގެ މައްސަލަތަކުގައި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 8.5 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވޭ: ފުލުހުން

ރައީސްގެ ވައުދާއެއްގޮތަށް އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ބޮޑުކޮށްފި، ހަތަރު ކުދިން ތިބޭނަމަ 15،000ރ. ލިބޭ

440637 c8faf83b 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދެމުން ގެންދާ މާލީ އެހީ، މަހަކު 15,000 ރުފިޔާއާ ހަމައަށް ބޮޑުކުރުމަށް ސަރުކާރުން މިއަދު ބޮޑުކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްގެންނެވެ.

ގަވާއިދަށް އިސްލާހު ގެނައުމުގެ ކުރިން އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް، ކޮންމެ ކުއްޖަކަށް ދެމުން އައީ 1,000 ރުފިޔާގެ އިނާޔަތެކެވެ. އެގޮތުން އެންމެ ގިނަވެގެން ލިބެމުން ދިޔަ އަދަދަކީ 10,000 ރުފިޔާއެވެ. ނަމަވެސް، މިއަދު އެ ގަވާއިދަށް ގެނައި އިސްލާހާއެކު އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މާލީ އެހީއެއް ލިބޭނެއެވެ. ހަތަރު ކުދިން ތިބޭނަމަ ކޮންމެ ކުއްޖަކަށް 3000 ރުފިޔާގެ ރޭޓުން ބަލާނަމަ، އެއީ 12،000 ރުފިޔާއެވެ.

ހަތަރު ކުދިންނަށްވުރެ އިތުރަށް ކުދިން ތިބޭނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1,000 ރުފިޔާގެ އިތުރު އެހީއެއް ލިބިގެންދާނެއެވެ. މިގޮތަށް ދެވޭ އެލަވަންސްގެ އެންމެ މަތީ އަދަދަކަށް ހަމަޖައްސާފައިވަނީ މަހަކު 15,000 ރުފިޔާއެވެ.

އެކަނިވެރި މައިންގެ ގޮތުގައި ރާއްޖޭގައި 5800 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޯންމެރޯ ހެދުމަށް 24 މީހަކަށް ޚަރަދު ހަމަޖައްސައިދީފި

Igmh

ދައުލަތުގެ އެހީގައި މިއަހަރު އައިވީއެފް ހެދުމުގެ ފުރުޞަތު ހުޅުވާލައިފި

އެންސްޕާގެ ބައެއް ހިދުމަތްތައް “ވަންގަވް” އަށް

nspa

ބޭސްފަރުވާގެ އެހީއަށް މިދިޔަމަހު އެންސްޕާއިން 21.8 މިލިޔަނަަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރި

TTH_advertisement