ކުއްލި ޚަބަރު

އެމްޕީއެލް މުވައްޒަފަކު ފިޓު ޖެހުމުގެ ސަބަބުން މަރުވެއްޖެ

ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އައިންތު މިސް ނިޔާވެއްޖެ

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި 13 އަހަރުގެ ކުއްޖެއް މަރާލި ދައުވާލިބުނު ކުއްޖާއަށް 12 އަހަރުގެ ޖަލު ހުކުމް

hulhumale

ހުޅުމާލޭގައި 2021 ވަނަ އަހަރުގެ ޖޫން މަހު އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލައި ފޮށްޓަކަށްލައި، މޫދަށް އެއްލާލި މައްސަލާގައި ދައުވާލިބުނު އޭރުގެ 17 އަހަރުގެ ކުއްޖާއަށް ޖުވެނައިލް ކޯޓުން 12 އަހަރުގެ ޖަލު ހުކުމެއް އިއްވާއިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި މިދިޔަ އަންގާރަ ދުވަހު އިއްވި ހުކުމުގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އަދި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ ވަނީ ސާބިތުވެފައެވެ. ގަސްދުގައި މީހަކު މެރުމުގެ ކުށުގައި 16 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒުކުރަން ޖެހެނީ 12 އަހަރާއި ހަތަރު މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

މީގެ އިތުރުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ވެސް ހުކުމުގައި އަންގާފައިވެއެވެ. ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގައި 11 މަހާއި ނުވަ ދުވަހުގެ ޖަލު ހުކުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގައި 18 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވެއެވެ. ދައުވާ ލިބުނު ކުއްޖާ މިހާރު 18 އަހަރުފުރިފައިވިޔަސް މި ކުށް ކުރީ ކުޑަކުއްޖެއްގެ ގޮތުގައި ހުރެކަން ފާހަގަކޮށް އޭނާގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.

މި މައްސަލާގައި އިތުރު ބައިވެރިއެއްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުންދާތީ އެ މައްސަލަ ނިމުމުން މަރުގެ ދިޔައާ މެދު ގޮތެއް ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް ހުށަހެޅުމަށް ވެސް ހުކުމުގައި އަންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރުމަށް ސޮއިކޮށްފި

hulhumale

ހުޅުމާލޭ ފަޅުތެރޭގައި ކުރާ ފައިބަރު މަސައްކަތް ހުއްޓާލުމަށް އެޗްޑީސީން އަންގައިފި

ހުޅުމާލޭ ފަޅު ތެރޭ ފައިބަރު މަސައްކަތްކުރުން އާދީއްތަދުވަހުން ފެށިގެން ހުއްޓައިލަަން އަންގައިފި

Mm

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

TTH_advertisement