ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މ. އަތޮޅު މަދަރުސާގެ ކުރީގެ ޓީޗަރެއްގެ މައްޗަށް ދައުވާކޮށްފި

ތެލަސީމިއާ ކުދިންނަށް ލިބިފައިވާ ލޭ ލިބުމުގެ ދަތިކަން ހައްލުކުރަން އެޗްޑީސީގެ މުވައްޒަފުން ނުކުންނަނީ

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

އެޗްޑީސީއާއި ސަލަފް ޖަމިއްޔާ ގުޅިގެން މާދަމާރޭ ހުޅުމާލޭގައި ހާއްސަ ދަރުހެއް ދެނީ

Whatsapp image 2025 12 25 at 10.48.40

ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީ ގުޅިގެން، އާންމުންނަށް ހުޅުވާލައިގެން ވަރަށް ހާއްސަ ދަރުހެއް މާދަމާރޭ ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

“ފޭރާން” މި މައުޟޫއަށް ހާއްސަކޮށްގެން މާދަމާރޭ ދަރުސް ދެއްވާނީ ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 08:30 ގައި ހުޅުމާލެ ރުއްގަނޑު 3 ސަރަހައްދުގައެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މި ދަރުހަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެވުމަކީ ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީގެވެސް ވަރަށްބޮޑު އެދުމެކެވެ. އާންމުންނަށް ހުޅުވާލައިގެން ހުޅުމާލޭގައި ބާއްވާ މި ދަރުސް “ދާރިސް ޓީވީ” އިން ލައިވްވެސް ކުރާނެއެވެ.

މިއަހަރު ނިމުމާ ހަމައަށް އައި އިރު، ޖަމްޢިއްޔަތުއްސަލަފުން ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ހިންގާފައެވެ. އެފަދަ ހަރަކާތްތަކުގައި އެޗްޑީސީން އަބަދުވެސް އަންނަނީ އެ ޖަމިއްޔާއަށް އެއްބާރުލުން ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hiyaa fats

ހިޔާ އަށް ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފި

112

4000 ފްލެޓްގައި ދިރިއުޅެން ފަށަންވާއިރަށް ބަސް ސްޓޮޕްތައް ހަދަނީ

TTH_advertisement