ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްގެ ހިދުމަތައް ރަނގަޅު ކުރުމަށް ހިޔާލެއް ދެއްވުމަށް، މި ސާވޭގައި ބައިވެރިވެލައްވާ!

117

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތައް ރަނގަޅުކުރަން އާންމުންގެ ހިޔާލު ހޯދަން އޮންލައިން ފޯމެއް ތައާރަފުކޮށްފިއެވެ.

އެމްޕީއެލް އިން ބުނީ މި ސާވޭއިން ލިބޭ ހިޔާލަށް ބިނާކޮށް، އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މި ފޯމްގައި އެމްޕީއެލްގެ ހިދުމަތް ފޯރުކޮށްދެމުންދާ ގޮތާމެދު ހިތްހަަމަޖެހޭ މިންވަރާއި ކުންފުންޏާ ދޭތެރޭ އިތުރާބު އޮތް މިންވަރާއި ކުންފުނީގެ މަސައްކަތުގެ ސްޕީޑް އަދި ތަރުތީބުކަމާއެކު މަސައްކަތްކުރާ މިންވަރު ރޭޓް ކުރެވޭނެއެވެ.

މީގެ އިތުރުން ކުންފުނީގެ ކަސްޓަމާ ސާވިސްއާމެދު ދެކޭ ގޮތާއި ހިދުމަތް ލިބިގަތުމުގައި ދިމާވާ މައްސަލަ ހައްލު ކޮށްދިނުމުގައި ކުންފުނީގެ ފަރާތުން އަމަލުކޮށްފައިވާ ގޮތް ދެނެގަންނާނެއެވެ.

މި ފޯމްގައި ހިދުމަތް ފޯރުކޮށްދިނުމުގައި އަދި ސިޔާސަތުތަކަށް ގެންނަ ބަދަލާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދެމުންދާ މިންވަރާއި އެމްޕީއެލްއިން އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތްތަކާމެދު ހިތްހަމަޖެހޭ މިންވަރު ރޭޓް ކުރެވޭނެއެވެ.

މީގެ އިތުރުން ބަނދަރު ޕޯޓަލް މެދުވެރިކޮށް ލިބެމުންދާ ހިދުމަތްތަކުގައި މައްސަލައެއް ދިމާވެއްޖެނަމަ، އެކަން ހައްލުކޮށްދިނުމުގައި ކުންފުނީގެ ފަރާތުން އަމަލުކޮށްފައިވާ ގޮތާއި މާލޭ ވިޔަފާރި ބަނދަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު ހިތްހަމަޖެހޭ މިންވަރާއި މާލޭ ވިޔަފާރި ބަނދަރަށް ގެންނަ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރެވޭ މިންވަރާމެދު ހިތްހަމަޖެހޭ މިންވަރުވެސް ރޭޓް ކުރަން ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

mpl north harbour

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރާކަށް ނޫޅޭ: އެމްޕީއެލް

MPL

އައު ވިޔަފާރި ބަނދަރު: ޓަރމިނަލާއި ފެސިލިޓީތަކުގެ ޑިޒައިން ތައްޔާރުކުރާނެ ބަޔަކު ހޯދަނީ