ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޑީސީގެ އެމްޑީ ޒުހައިރުގެ ރައްދު: ފޭސް 3 ހިއްކަނީ ކުނި އަޅައިގެނެއް ނޫން

117

ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ކަމަށް ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން އެޗްޑީސީން ވަނީ ފޭސް 3ގެ ބިން ހިއްކާ ސަރަހައްދަށް ބައެއް މީޑިއާތައް ގެންގޮސް އެ ސަރަހައްދު ދައްކާލާފައެވެ.

އެ ސަރަހައްދުގައި ހުންނަވައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ޒުހައިރު ވިދާޅުވީ ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށެވެ.

“އެޗްޑީސީން މިތަން ހިއްކަމުން މިދަނީ ކުނި އަޅައިގެންނެއް ނޫން. އަޅުގަނޑުމެން މިތަނުގައި މި އަޅަނީ ސީއެންޑީ،” ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ ސީއެންޑީ އަޅަނީ ސެގްރިގޭޓް ކުރުމަށްފަހު ކަމަށެވެ.

މީގެ އިތުރުން މޫދަށްދާ ބައިގައި ސްކްރީން ޖަހާފައިވާ ކަމަށާއި ސްކްރީނުން ބޭރުވާބައި ސާފުކުރަމުންދާ ކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ. އެބައި ސާފުކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އެޗްޑީސީން މިއަދު ވަނީ އާންމުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި