ކުއްލި ޚަބަރު

“ރާޔާ މާލެ” ނަމުގައި ހިންގާ ޕޭޖްގެ އަވާގައި ޖެހިއްޖެނަމަ ބޭންކު އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއް ސިންކުންތެއްގެ ތެރޭ ގެއްލޭނެ!

މާލޭގެ ސްކޫލްތައް ކައިރީ ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރަނީ

އޮޕަރޭޝަން އަލިގަމު: މަސްތުވާތަކެއްޗާއި ފައިސާތަކާއެކު ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި

މާލޭ ނޯތު ހާބަރުގެ “ޒޯން އޭ” ގައި އަޅާފައިވާ އުޅަނދުތައް ޖެޓީ ނަންބަރު 1 އަށް ބަދަލުކުރުމަށް އަންގައިފި

މާލެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ދާއިރު، މާލޭ ނޯތު ހާބަރުގެ ހިދުމަތް ހޯދާ ކަނޑު އުޅަނދުފަހަރުތަކަށް ޖެޓީ ނަމްބަރު އެކެއް (އެމްއެމްއޭ ކުރިމަތި ސަރަހައްދު) ވަގުތީ ގޮތުން ބޭނުންކުރެވޭނެ އިންތިޒާމްތައް ވަނީ ހަމައްޖަސައިފައި ކަމަށް އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއިން ވިދާޅުވީ މާލޭ ނޯތު ހާބަ “އޭ ޒޯން” (އެއްގަމު ތޮށި) ގައި އަޅާފައިވާ ޕަސިންޖަރުންނާއި މުދާ އުފުލާ ކަނޑު އުޅަނދު ފަހަރުތައް މިހާރު ވަނީ ޖެޓީ ނަމްބަރު އެކަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައި ކަމަށެވެ.

ވަގުތީ ގޮތުން އެ ގެނެވުނު ބަދަލަށް އަމަލުކުރާ މުއްދަތުގައި، ޖެޓީ ނަންބަރު އެކެއްގެ ބޭނުންހިފާ އެއްވެސް ކަނޑު އުޅަނދަކަށް ފީއެއް ނުނަގާނެ ކަމަށް ވެސް އެމްޕީއެލްއިން ވިދާޅުވިއެވެ.

ޖެޓީ ނަންބަރު 1 ވަގުތީ ގޮތުން ބޭނުންކުރަން ހަމަޖެހިފައިވާ ގޮތް:

  1. މި ސަރަހައްދަށް އުޅަނދުފަހަރުތައް ވަދެ ކައިރިކޮށް އަދި ބޭއްވޭނީ މާލޭ ނޯތު ހާބަރުގެ ހުއްދަ ލިބިގެން
  2. މި ސަރަހައްދުގެ ކީވޯލަށް އުޅަނދުފަހަރުތައް ކައިރި ކުރެވޭނީ މާލެ ނޯތު ހާބަރުގެ “ޒޯން އޭ” (އެއްގަމު ތޮށި) ކިޔު ތަރުތީބުން.
  3. މި ސަރަހައްދު ކީވޯލުގައި އުޅަނދުފަހަރުތައް ބޭއްވޭނީ ގިނަވަގެން 10 ދުވަހުގެ މުއްދަތަށް. އަދި 10 ދުވަހަށްވުރެ އިތުރަށް ކީވޯލްގައި އުޅަނދެއް ބާއްވަން ބޭނުންވާނަމަ، އެ އުޅަނދަށް ކީވޯލާއި ކައިރި ކުރެވޭނީ އަލުން ކިޔުގައި ނޯޓުކުރުމަށްފަހު، ކިޔު ތަރުތީބުން.

އެމްޕީއެލްއިން ވިދާޅުވީ އެ ކުންފުނިން އަމަލުކުރަން ނިންމާފައިވަނީ ހުރިހާ އުޅަނދުފަހަރަށް ވެސް އިންސާފުވެރި، ހަމަހަމަ އުސޫލަކުން ހިދުމަތް ދިނުމުގެ ބޭނުމުގައިކަމަށެވެ.

މާލޭ ނޯތު ހާބަރުގެ “ޒޯން ބީ” އަދި “ޒޯން ސީ”ގެ ބޭނުންކުރާ އުޅަނދު ފަހަރުތައް އަމަލުކުރަންޖެހޭ އުސޫލުތަކަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mpl

މާދަމާއިން ފެށިގެން ބޯޓުތަކަށް 24 ގަޑިއިރު ޕޯޓު ޚިދުމަތް، ބޮޑު ލުޔެއް ލިބިގެންދާނެ

އަމީންގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

MPL

އެމްޕީއެލް މުވައްޒަފަކު ފިޓު ޖެހުމުގެ ސަބަބުން މަރުވެއްޖެ

MPL

ވިޔަފާރި ބަނދަރުން އެތެރެކުރާ މުދާ ނައްތާލުމަށް އާ ނިޒާމެއް ތައާރަފުކޮށްފި

TTH_advertisement