ކުއްލި ޚަބަރު

ކަނޑު އުޅަނދުތައް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައި

ކުށްތައް މަދުކުރުމަށްޓަކައި ސައިބަރ ސެކިއުރިޓީއާއި ގުޅޭ ޤާނޫނެއް އެކުލަވާލަނީ

އެންމެ ގިނައިން ހުށައެޅޭ އެއް މައްސަލައަކީ ސައިކަލް ވަގަށް ނެގުން، ރަނގަޅަށް ލޮކު ކުރޭ: ފުލުހުން

މަސްތުވާތަކެތީގެ ކެފޭގެ ގޮތުގައި ހިންގި 11 ތަނެއް މިއަހަރު ބަންދުކޮށްފިން: ފުލުހުން

މަސްތުވާތަކެތީގެ ކެފޭގެ ގޮތުގައި ހިންގި 11 ތަނެއް މިއަހަރު ބަންދުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މިއަދު ވަނީ 2025 ވަނަ އަހަރު ހިންގާފައިވާ އޮޕަރޭޝަންސްތަކާއި ތަޙްޤީގުތަކާ ގުޅޭ ތަފާސްހިސާބު އާއްމުކޮށްފައެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އޮޕަރޭޝަންސް ފާތިހު މުޙައްމަދު ވިދާޅުވީ، މަސްތުވާތަކެތީގެ ކެފޭގެ ގޮތުގައި ބޭނުންކުރާ ތަންތަން ބަލައި، އެފަދަ ތަންތަނުގެ ހަރަކާތްތައް ހުއްޓުވުމުގެ އޮޕަރޭޝަންތަކުގައި އެފަދަ 11 ތަނެއް ބަންދުކުރި ކަމަށެވެ.

މަސްތުވާތަކެތީގެ ގިނަ ކެފޭތަކެއް މާލެ ސަރަޙައްދުގައި ހިންގަމުން އަންނައިރު، ފުލުހުން ވަނީ މިއަހަރު ތެރޭ ވެސް އެކަމާ ގުޅުންހުރި ބޮޑެތި އޮޕަރޭޝަންތައް ހިންގައިފައެވެ.

ފާޠިހު ވިދާޅުވީ، ޖަނަވަރީ 1 އިން ފެށިގެން ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖޭގައި މަސްތުވާތަކެތީގެ 188 އޮޕަރޭޝަން ހިންގާފައިވާނެ ކަމަށެވެ. އެ އޮޕަރޭޝަންތަކުގައި ފާހަގަކުރެވުނު ބިދޭސީންގެ ތެރެއިން 137 މީހަކު ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ވަނީ ޙަވާލުކޮށްފައެވެ. އަދި، މަސްތުވާތަކެތި ބޭނުންކުރާ މީހުން ފާހަގަކޮށް ޑްރަގު ކޯޓު މެދުވެރިކޮށް ފަރުވާ ފުރިހަމަކުރުމަށް 301 މީހަކު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ޙަވާލުކޮށްފައިވާނެ ކަމަށް ފާޠިހު ވިދާޅުވިއެވެ.

އޮޕަރޭޝަންތައް ފުޅާކޮށް 16024 މީހެއްގެ ބޮޑީޗެކް ވެސް ފުލުހުން ވަނީ ހަދައިފައެވެ. އެއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ޓްރެފިކިން މިންގަނޑަށް ފެތޭ މީހުންނާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވާކަމަށް ބެލެވޭ މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ. ބޮޑީޗެކް ކުރުމުގެ ތެރެއިން 997 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފާތިހު ވިދާޅުވިއެވެ.

ފުލުހުން ވަނީ ޑްރަގް އެންފޯސްމަންޓުގެ އޮޕަރޭޝަންތަކާއި ތަޙްޤީގުތަކާ ގުޅޭ މަޢުލޫމާތުތައް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޙިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ކަނޑު އުޅަނދުތައް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައި

parking

އެންމެ ގިނައިން ހުށައެޅޭ އެއް މައްސަލައަކީ ސައިކަލް ވަގަށް ނެގުން، ރަނގަޅަށް ލޮކު ކުރޭ: ފުލުހުން

ކޮމާންޑް ސެންޓަރުގެ ކޯލްތަކަށް ފަސް ސިކުންތުގެ ތެރޭގައި އެޓެންޑްވޭ: ފުލުހުން

TTH_advertisement