ކުއްލި ޚަބަރު

އެންމެ ގިނައިން ހުށައެޅޭ އެއް މައްސަލައަކީ ސައިކަލް ވަގަށް ނެގުން، ރަނގަޅަށް ލޮކު ކުރޭ: ފުލުހުން

އެމްޕީއެލްގެ 80 މުވައްޒަފުން ސޭފްޓީ ޓްރޭނިން ޕްރޮގްރާމް ފުރިހަމަކޮށްފި

ސަފީރު ކަމުގެ ފަތްކޮޅު މަސްއޫދު މޮރިޝަސްގެ ރައީސަށް އަރުވައިފި

އެންމެ ގިނައިން ހުށައެޅޭ އެއް މައްސަލައަކީ ސައިކަލް ވަގަށް ނެގުން، ރަނގަޅަށް ލޮކު ކުރޭ: ފުލުހުން

parking

ސައިކަލު ޕާކު ކުރުމަށް ފަހުގައި ރަނގަޅަށް ލޮކު ކުރަން ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، ވައްކަމުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށައެޅޭ އެއް މައްސަލައަކީ ސައިކަލު ވަގަށް ނެގުން ކަމަށެވެ. އެހެންކަމުން ސައިކަލު ޕާކުކުރާއިރު އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެކަމުގެ ތަފްސީލް ދެމުން ފުލުހުން ބުނީ، މިއަހަރުގެ ތެރޭގައި 967 ސައިކަލެއް ވަގަށް ނެގި ކަމަށް ރިޕޯޓްކޮށްފައިވާއިރު 865 ސައިކަލު ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު އަހަރުގެ މިހާތަނަށް 2288 ވައްކަމުގެ މައްސަލަތައް ހުށަހެޅިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އޭގެއިތުރުން ޑިސެންބަރު މަހަކީ ވައްކަންތައް ގިނަ މައްސަލަތަކެއް ކަމަށާއި، ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގައި ހުށަހެޅޭ މައްސަލަތައް ގިނަކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކޮމާންޑް ސެންޓަރުގެ ކޯލްތަކަށް ފަސް ސިކުންތުގެ ތެރޭގައި އެޓެންޑްވޭ: ފުލުހުން

990

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

cp naveen

ކުށްވެރި ފުލުހުންނަށް ހިދުމަތުގައި ޖާގައެއް ނެތް: ނަވީން

ވައިބަރ އެކައުންޓް ހެކްކޮށް ފައިސާ ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

TTH_advertisement