ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫއާ މާލޭގައި ރޭސިން ޓްރެކް އަޅަނީ، މާލޭގައި އަޅާނީ މާލޭން ހުޅުމާލެއަށް ދާން މި އޮންނަ ހައިވޭގެ ބޭރުން

މާލެ ސިޓީއާ އައްޑޫ ސިޓީގައި ރޭސިން ޓްރެކް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

“ނޭޝަނަލް ޔޫތު ކޮންފަރެންސް 2025” ގައި ހިމެނިގެން މިރޭ ބޭއްވި “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް” ހަރަކާތުގައި ވާހަކަފުުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސިޓީއާ އައްޑޫ ސިޓީގައި ރޭސިން ޓްރެކެއް އަޅުއްވާނެ ކަމަށެވެ.

އެގޮތުން މާލެ ސަރަޙައްދުގައި ރޭސިން ޓްރެކް އެޅުމުގެ މަސައްކަތް އެމްއޭސީއެލްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

“މާލެ ސަރަހައްދުގައި ރޭސިން ޓްރެކް އަޅަން އަޅުގަނޑުމެން ބަލާފައި އެންމެ ފީސިބަލް ތަނަކަށް މި ނިންމީ މާލޭން ހުޅުމާލެއަށް ދާން މި އޮންނަ ހައިވޭގެ ބޭރުން ރޭސިން ޓްރެކެއް ގާއިމުކުރުން,” ރައީސް

ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ރޭސިންއަށް ފުރުސަތު އޮތްއިރު އެކްސިޑެންޓްތައް އިތުރުވި ކަމަށެވެ. އަދި ރައްޔިތުންނަށްވެސް އެކަމުގެ އުނދަގޫ އޮތް ކަމަށެވެ. އެހެން ކަމުން ހައިވޭގެ ބޭރުން ރޭސިން ޓްރެކެއް ގާއިމު ކުރަން ނިންމީ ޓެކްނިކަލް ލަފާ އެގޮތަށް ލިބުމުން ކަމަށެވެ.

އައްޑޫ ސިޓީގައި ރޭސިން ޓްރެކެއް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަަމަށާ މަސައްކަތް ކުރައްވަނީ ބޭރުގެ ފަންޑަކުން އެ ޕްރޮޖެކްޓް ކުރިއަށް ގެންދަވަން ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި