ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ އަހަރު ފަހުން ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނާނީ ޑިޖިޓަލް އައިޑީކާޑެއް: ރައީސް

Big 7ASo5BiMviAJmZLAz51jlHGjS

ދެ އަހަރު ފަހުން ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނާނީ ޑިޖިޓަލް އައިޑީކާޑެއްް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

“ނޭޝަނަލް ޔޫތު ކޮންފަރެންސް 2025” ގައި ހިމެނިގެން މިރޭ ބޭއްވި “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް” ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ޑިޒިޓަލައިޒް ކުރުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު ތަސައްވުރެއް ކަމަށެވެ. އެ އަމާޒަށް މަސައްކަތް ފައްޓަވާ ގިނަ ނަތީޖާތަކެއް ނެރެވިފައިވާކަން ފާހަގަ ކުރެއްވި އެވެ.

ރައީސް ވަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު, ޑިޖިޓަލް ކާޑަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެ އަހަރުތެރޭ އެ އަމާޒަށް ވާސިލްވޭނެ އެވެ.

އޭރުން ކޮންމެ ދިވެއްސެއްގެ އަތުގައި އޮންނާނީ ގިނަ ޚިދުމަތްތަކަށް އެކްސެސްވެވޭ ޑިޖިޓަލް އައިޑީ ކާޑެއް ކަމުގައި ވިދާޅުވި އެވެ.

“ކޮންމެ ދިވެއްސެއް އަތުގައި އޮންނާނީ 2027ގެ ނިޔަލަށްވާއިރު ފިިޒިކަލް ކާޑެއް އެހެން ނަމަވެސް ޑިޖިޓަލް އައިޑީ ކާޑެއް. މިހާރު އޮންނަ ނެޝަނަލް އައިޑީކާޑު ބަދަލުވާނީ މި ދެންނެވި ހުރިހާ ސަރވިސްތަކަށް އެކްސަސްވާ ނެޝަނަލް ޑިޖިޓަލް އައިޑީކާޑަކަށް,” ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ “މޯލްޑިވްސް 2.0” ސިޔާސަތުގެ ދަށުން ވަރަށް ގިނަ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި