ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދޫކޮށްފައިހުރި ގޯތިތަކަށް ބޭނުންވާ ބިން ހިއްކުން 3 މަސް ތެރޭގައި ނިމޭނެ: ރައީސް

ގުޅީފަޅުން އަދި ގިރާވަރުވަޅުން މިހާތަނަށް ބިން ދޫކޮށްފައިވާ ސަރަހައްދުތަކުގެ ބިން ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭ ހިއްކާ ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

“މިއަންނަ މަސްތެރޭގައި މި މަސައްކަތް ފެށިގެންދާނެ. މިހާރު އެސްޓިމޭޓްކުރަނީ ތިން މަސްދުވަހުގެ ތެރޭގައި މިހާރު ގޯތި ދީފަ، ނުހިކި ހުރި ހުރިހާ ސަރަހައްދެއް ހިއްކާ ނިންމާލުން. އޭގެ މާނައަކީ ހުޅުމާލެ ފޭސް 3 އަދި ގިރާވަރު ފަޅު.” ރައީސް

ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެން ދިއުމަށް ނިންމާފައިވާ ސަރަހައްދުތަކުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްްގައި ކުރިއަށްދާ ކަމަށެވެ.

މާލޭ ސަރަހައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަަކާ ގުޅޭގޮތުން “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް”ގައި ޒުވާނެއް ކުރެއްވި ސުވާލަކަަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހުޅުމާލޭ 3ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.

ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުން އަވަސްކުރުމަށް 2 ޑްރެޖަރު ބޭނުންކޮށްގެން ސައުވީސް ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށާއި، ބިން ހިއްކާ ނިމޭއިރަށް ގިރާވަރުފަޅު ހިއްކުމަށް މި ޑްރެޖަރުތައް ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގުޅީފަޅުން ގޯތި ދޫކޮށްފައިވާ ހުރިހައި ސަރަހައްދެއް އެއްކޮށް ހިއްކާ ނިންމާލެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އިޤްތިޞާދީ އެކި ބޭނުންތަކަށް ގުޅީފަޅުން އަދިވެސް ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުންނަށް ވަނީ ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ، މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި