ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަފީރު ކަމުގެ ފަތްކޮޅު މަސްއޫދު މޮރިޝަސްގެ ރައީސަށް އަރުވައިފި

Mm

ރާއްޖެއިން މޮރިޝަސްއަށް ކަނޑައަޅާފައިވާ ނޮން ރެސިޑެންސް ސަފީރު މަސްޢޫދު އިމާދު ސަފީރު ކަމުގެ ފަތްކޮޅު އެޤައުމުގެ ރައީސް ދަރަމްބީރު ގޮޚޫލްއަށް އަރުވައިފިއެވެ.

ނޮން ރެސިޑެންސް ސަފީރުންނަކީ އެ ގައުމެއްގައި ހުނަންޖެހޭ ބޭފުޅެއް ނޫނެވެ. މަސްއޫދަކީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. އޭނާ ހުންނަވަނީ ލަންކާގައެވެ.

ރާއްޖޭގެ މޮރިޝަސްއަށް ކަނޑައަޅާފައިވާ ސަފީރު، ސަފީރު ކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތު ބާއްވާފައިވަނީ އެ ޤައުމުގެ ރިޔާސީ ޕޯޓް ލުއިސްގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރުގައެވެ. މި ރަސްމިއްޔާތުގައި މަސްއޫދު ވަނީ ސަފީރު ކަމުގެ ފަތްކޮޅު އެ ޤައުމުގެ ރައީސަށް އަރުވާފައެވެ.

މިރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުވުމުގައި، ސަފީރު މަސްޢޫދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާރާތްޕުޅުން އެ ޤައުމުގެ ރައީސް އަދި ރައްޔިތުންނަށް ތަހުނިއްޔާ އަރިސް ކުރައްވާފައެވެ. މި ބައްދަލުވުމުގައި މޮރީޝަސްގެ ރައީސް ވަނީ ސަފީރަށް މަރުހަބާ ދަންނަވާ، ސަފީރު ކަމުގެ ދައުރުގައި ކަމީޔާބީއަށް އެދިލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު