ގދ.ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި އެވެ.
ހޯނޑެއްދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ.
މި ރަސްމިއްޔާތުގައި އެރަށު ކައުންސިލްގެ މެންބަރުންނާއި ސިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ހޯޑެއްދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީ ހިދުމަތް ރަސްމީކޮށް ފައްޓަވާ ދެއްވުމަށްފަހު، ވަޒީރު ވަނީ އެ ސެންޓަރު ބައްލަވާލައްވާ، އެ ސެންޓަރުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފަ އެވެ.
އެމްއެމްޓީވީގެ ނިއުޅެމުންދާ ހަބަރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ 76 ރަށުގައި ފުލް ލެބޯޓްރީ ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ އާބާދީއާ އެކަށޭނެ ވަރަށް ކަމަށެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމަށާއި، އެ އަމާޒަށް ވާސިލްވުމަށް ގިނަ ރަށްތަކެއްގައި އެއްފަހަރާ އަންނަނީ އެ މަޝްރޫޢު ހިންގަމުންކަން ފާހަގަކުރެއްވި އެވެ.
ކިޔުންތެރިންގެ ހިޔާލު