އައު އަހަރުގެ ފާހަގަކުރުމަށް ސަޤާފީ އަދި ކާނާގެ ހާއްސަ ފެސްޓިވަލެއް ބާއްވަން ތައްޔާރުވެއްޖެއެވެ. “މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް 2025″ ގެ ނަމުގައި ބާއްވާ މި ފެސްޓިވަލް ފަށާނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 1 ގެ ރޭގަނޑު ނިމެންދެން ކުރިއަށް ގެންދާނެއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާ އަދި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން އިންތިޒާމްކުރާ މި ފެސްޓިވަލުގައި މުނިފޫހިފިލުވުމާއި، ތަފާތު ސަޤާފީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފުޑް ސްޓޯލްތައް ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ޑްރޯން ޝޯވއެއް ބާއްވާނެ ކަމަށެވެ. މި ފެސްޓިވަލް އިންތިޒާމްކުރާ ފަރާތްތަކުން ވަނީ ޕާޓްނަރޝިޕް ޤާއިމްކޮށް ސްޕޮންސަރކުރުމުގެ ފުރުސަތުތައް ވެސް ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު