ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

traffic

އަންނަ މަހުން ފެށިގެން, ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރާއިރު، މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ދޭ ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭ ގޮތަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ބޭނުންވާ ގަރާޖު ހުއްދަ ނެގުމުގައި ގިނަ ބަޔަކަށް ދަތިތައް ކުރިމަތިވާ ކަމަށެވެ. އެ މައްސަލައަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން، އަންނަ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދެ ބަދަލެއް ގެންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެއް ބަދަލަކީ، އެ އުޅަނދުތައް ރަޖިސްޓްރީކުރާއިރު، މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ އިން ދޫކުރާ އުޅަނދު ގަރާޖު ކުރުމުގެ ހުއްދަ ހުށަހަޅަން ނުޖެހުމެވެ.

އެ އުޅަނދުތައް ރަޖިސްޓްރީ ކުރަން ހަމައެކަނި ހުށަހަޅަން ޖެހޭނީ، އުޅަނދު ބާއްވާ ތަނަކީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމާއި އެ ތަނުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.

މާލޭގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމުން ވެސް ކާރު ރަޖިސްޓްރީ ކުރުމުގައި ދިމާވާ ދަތިތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ރާއްޖެއަށް އިތުރު އެއާލައިންތައް ގެންނަން ސަރުކާރުން ނިންމައިފި

78

އެމްބިއުލާންސަށް ދިޔަނުދީ މަގު ބްލޮކްކޮށްގެން މުދާ ބާލަން މަޑުކުރި ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

78

އެމްބިއުލާންސަށް ޖާގަނުދީ މަގު ބަންދުކޮށްގެން މުދާ ބޭލުވި ޕިކަޕް ޑްރައިވަރުގެ މައްސަލަ ބަލަނީ

98

ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ