ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިޓީ ކައުންސިލުތަކުގައި އަންހެނުންނަށް ޚާއްސަކޮށްފައިވާ ދާއިރާތައް އާންމުކޮށްފި

Election commission

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައަޅާފައިވާ ދާއިރާތައް އާންމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ދާއިރާތަކުގެ ރިޕޯޓް މި މަހުގެ 9ވަނަ ދުވަހު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޝަކުވާތަކުގެ ސަބަބުން ރިޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެންނަޖެހިފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާގޮތުން އަންނަ އަހަރުގެ އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 629 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 133 ރަށަކަށް އިންތިޚާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން 3 ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިޚާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި 2 އަންހެން ކައުންސިލަރުން ހިމެނޭހެން 5 ކައުންސިލަރުންނެވެ.

މި އިންތިޚާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރަންޖެހޭނީ ރަށާއި ސިޓީ ކައުންސިލަށް އިންތިޚާބު ކުރާ އަދަދަށެވެ.

އޭޕްރިލް މަހު ބާއްވާ އިންތިޚާބުގައި ސިޓީ ކައުންސިލްތަކުގައި އިންތިޚާބު ކުރާ ކައުންސިލަރުންގެ އަދަދު ތަފާތުވާނެއެވެ. އެގޮތުން ސިޓީތަކުގައި ދާއިރާތައް ކަނޑައަޅާފައިވާގޮތުން ކުޅުދުއްފުށި ސިޓީއަށް މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭއިރު ތިނަދޫ ސިޓީއަށް 7 ކައުންސިލަރުން، ފުވައްމުލައް ސިޓީއަށް 9 ކައުންސިލަރުން، އައްޑޫ ސިޓީއަށް 11 ކައުންސިލަރުން އަދި މާލެ ސިޓީއަށް 18 ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭނެއެވެ.

މި އިންތިޚާބުގައި ސިޓީތަކުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައަޅާފައިވަނީ ދާއިރާތައް ކްލަސްޓަރއަށް ބަހާލައިގެން އެ ކްލަސްޓަރތަކުގެ މެދުގައި އެޕްލިކޭޝަނެއްގެ ޒަރީއާއިން އެއް ދާއިރާ ޖެނަރޭޓްކޮށްގެންނެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް
ކްލަސްޓަރ 1: ކުޅުދުއްފުށި ސިޓީ މެދު އުތުރު ދާއިރާ
ކްލަސްޓަރ 2: ކުޅުދުއްފުށި ސިޓީ އިރު ދެކުނު ދާއިރާ
ތިނަދޫ ސިޓީ ކައުންސިލްގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް
ކްލަސްޓަރ 1: ތިނަދޫ ސިޓީ އިރު އުތުރު ދާއިރާ
ކްލަސްޓަރ 2: ތިނަދޫ ސިޓީ ހުޅަނގު ދެކުނު ދާއިރާ
ފުވައްމުލައް ސިޓީ ކައުންސިލްގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް
ކްލަސްޓަރ 1: ދަނޑިމަގު ދާއިރާ
ކްލަސްޓަރ 2: މާލެގަން ދާއިރާ
ކްލަސްޓަރ 3: ދޫޑިގަން ދާއިރާ
އައްޑޫ ސިޓީ ކައުންސިލްގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް
ކްލަސްޓަރ 1: ހިތަދޫ މާމެންދޫ ދާއިރާ އާއި ހިތަދޫ ބޭރުމަތި ދާއިރާ
ކްލަސްޓަރ 2: މަރަދޫ ދާއިރާ އާއި ފޭދޫ މަގުއްދޫ ދާއިރާ
މާލެ ސިޓީ ކައުންސިލްގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް
ކްލަސްޓަރ 1: ހުޅުމާލެ އުތުރު ދާއިރާ
ކްލަސްޓަރ 2: ހެންވޭރު އުތުރު ދާއިރާ
ކްލަސްޓަރ 3: ގަލޮޅު އުތުރު ދާއިރާ
ކްލަސްޓަރ 4: މައްޗަންގޮޅި މެދުު ދާއިރާ
ކްލަސްޓަރ 5: މާފަންނު މެދު ދާއިރާ
ކްލަސްޓަރ 6: ހެންވޭރު ދެކުނު ދާއިރާ
ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލް ރައީސުންނާއި މޭޔަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން އިންތިޚާބު ކުރާނީ ވަކިން ކުރިމަތިލައިގެން އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ހުރިހާ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ރަށު ކައުންސިލްގެ ނައިބު ރައީސުންނާއި ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުން އިންތިޚާބުކުރާނީ ކައުންސިލަލްގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

ކައުންސިލް އިންތިޚާބު އަންނަ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ރ. ވާދޫން ކަނޑުމައްޗަށް ނުކުމެއުޅުނު މީހަކު ގެއްލިގެން ހޯދަނީ

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

767

ޚަރަދު ކުޑަކުރަން މިފަހަރު އީދު ބޮކި ދިއްލާނީ ހަމައެކަނި ސިޓީތަކުގައި: މިނިސްޓަރު ޚަލީލް

DSC

އެސްޓީއޯއަށް ލިބޭ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓަން ނިންމައިފި