ކުއްލި ޚަބަރު

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ހިޔާ ޓަވަރެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި

mudalu zakaai

މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފިއެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ.

ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވީ މިމަހުގެ 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،527.90ރ ކަމަށެވެ. މީގެކުރިން މިދިޔަ އޮގަސްޓު މަހު މުދަލު ޒަކާތުގެ ނިސާބު ހުރީ 11,191.95 ރުފިޔާގައެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެއެވެ.

މިހާރު ބާޒާރުގައި ރިހީގެ އަގުހުރީ ގްރާމަކަށް 32.82 ރުފިޔާ އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 2،149.39 ރުފިޔާއަށެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލުޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dr shaheem

ޒަކާތު ޤާނޫނަކީ ދިރާސާތަކުގެ މައްޗަށް ބިނާވެފައި އޮތް ހަރުދަނާ ޤާނޫނެއް : ޑރ. ޝަހީމް

zakat

ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ޒަކާތުގެ ފުރަތަމަ ޤާނޫނު މަޖިލީހުން ފާސްކޮށްފި

gedoru veriya

ޑައުން ޕޭމަންޓް ނުދެއްކިތިބި ފަޤީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން ފައިސާ ދައްކައިދެނީ

990

ޒަކާތާ ގުޅޭ ފޮތްތައް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

TTH_advertisement