ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުޢިއްޒު މިރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައްޔިތުންނާއެކު ސިލްސިލާކޮށް ބާއްވަމުންގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ. މިބައްދަލުކުރެއްވުން ބާއްވަވާނީ މިރޭ 20:30 ގައި ރެހެންދި ސްކޫލްގައެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދިނުމުގެ މަޤްޞަދުގައި ރައީސް ގެންދަވަނީ މިފަދަ ބައްދަލުކުރެއްވުންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބާއްވަވަމުންނެވެ. މިބައްދަލުކުރެއްވުމަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ސަރުކާރުން ދަޢުވަތު އަރުވާފައިވެއެވެ. މިބައްދަލުކުރެއްވުންތަކުގައި ރައީސް ދަނީ ރައްޔިތުންގެ މައްސަލަތައް ކަމާގުޅުންހުރި މުއައްސަސާތަކާ ހަވާލުކުރައްވައި، އެކަންކަމަށް ހައްލުތައް ހޯއްދަވައިދެއްވަމުންނެވެ. ސަރުކާރުން ބުނާގޮތުގައި މިބައްދަލުކުރެއްވުންތަކަކީ ވަރަށް ކާމިޔާބު ބައްދަލުކުރެއްވުންތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް