ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

778

ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ތާއީދު އޮތް ގޮތް ހޯދުމަށް “ބާނި ސެންޓަރ ފޯ އިންޓަރނޭޝަނަލް ޕޮލިސީ” އިން ކުރިއަށްގެންދިޔަ ސާރވޭގެ ނަތީޖާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑާޝިޕާއި ސަރުކާރު ކުރިއަށްދާ ގޮތާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވަމުންދާކަމުގެ ހެޔޮ އިޝާރާތެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަޢީދު ވިދާޅުވީ، ރާއްޖޭގެ ވޯޓުލާ އާބާދީއަށް އަމާޒުކޮށް ހިންގި މި ސާވޭގެ ނަތީޖާއިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތާމެދު 62 އިންސައްތަ މީހުން ހިތްހަމަޖެހޭކަމަށް ދެއްކުމަކީ މުޅި ޤައުމުގައި ވެސް ރައީސުލްޖުމްޖޫރިއްޔާއަށް އޮތް ވަރުގަދަ ތާއީދާއި ތަރުހީބު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ސައީދު ފާހަގަކުރެއްވިގޮތުގައި އެއީ ސަރުކާރުގެ ދައުރު ދެބައިވާން ގާތްވެފައިވަނިކޮށް ހާސިލުކުރެއްވީ މުހިއްމު ކާމިޔާބީއެކެވެ. އެ ކާމިޔާބީއާ ގުޅިގެން ސަޢީދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެފައެވެ. ޕީއެންސީ އާއި މުޅި ދިވެހިރާއްޖެ ލީޑުކުރުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އިތުރު ކާމިޔާބަށް އެދި ވަޑައިގަންނަވާ ކަމުގައިވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްފުޅާއެކު މިޤައުމަށް ފުރިހަމަ ކުރިއެރުމާއި ހަމަޖެހުން ލިބި، ރައްޔިތުންގެ އިތުބާރާއެކު 2028 ގައި ރައީސް ޑރ. މުޢީއްޒުއަށް ދެވަނަ ދައުރެއް ލިބިގެންދިޔުމަށް އެދި ސައީދު ވަނީ މެސެޖު ނިންމަވާލައްވަމުން ދުއާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ރައްޔިތުންނަށް ޚިދުމަތް ކުރަން މޫސާ އަލީ ޖަލީލް ހުންނަވާނީ ހޭވައްލާ ތައްޔާރަށް: ސައީދު

Izaam

ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަނީ

Izaam

ކުރިއަށްއޮތީ ކުދި ވިޔަފާރިތަކަށް ލުއި ލިބިގެންދާނެ ދުވަސްތަކެއް: ސައީދު

ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

TTH_advertisement