ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ޕާސްޕޯޓުގެ މުއްދަތު ހަމަވާކަން ހަނދާން ކޮށްދިނުމަށް މެސެޖެއް ފޮނުވަނީ

immigration

ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން، އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމަށް ނިންމާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރޓ) އަހުމަދު ފަސީޙް ވިދާޅުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރޓ) އަހުމަދު ފަސީޙް ވިދާޅުވީ، އަންނަ މަހުން ފެށިގެން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ މެސެޖާއެކު ޕާސްޕާޓު އައު ކުރުމަށް ބޭނުންވާ އެޕްލިކޭޝަން ލިންކުވެސް ފޮނުވޭނެކަަމަށް ވިދާޅުވިއެވެ.

“ޕާސްޕޯޓުގެ ގިނަ މައްސަލަ ދިމާވަނީ ފަރުދީ ޒިންމާ ނުއުފުލާތީ. ޕާސްޕޯޓުގެ މުއްދަތު އޮންނަނީ 5 އަހަރަށް. އެކަމަށްވެސް ޖަނަވަރީމަހުގައި ހައްލެއް މި ގެންނަނީ. ޖަނަވަރީއިން ފެށިގެން ކޮންމެ މީހެއް ފޯނަށް ނޮޓިފިކޭޝަނެއްދާނެ މުއްދަދަތު ހަމަވަނީ އޭ. 6 މަސްދުވަހޭ ބާކީ އޮތީ. އަވަހަށް ޕާސްޕޯޓު ހައްދަވާށޭ.” ފަސީޙް ވިދާޅުވިއެވެ.

މީގެއިތުރުން، ފަސީޙް ވިދާޅުވީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް، އަންނަ މަހުން ފެށިގެން ޕާސްޕޯޓަށް ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕާސްޕޯޓު ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށެވެ. އެގޮތުން، މާލެ ސަރަހައްދުުގައި 250،000އެއްހާ މީހުން ދިރިއުޅޭކަން ފާހަގަކުރައްވާ ފަސިޙް ވިދާޅުވީ، އިމިގްރޭޝަނުން މަސައްކަތްކުރައްވަނީ އަންނަ މަސްތެރޭ އެ މަސައްކަތްވެސް ފެށުމަށްކަމަށެވެ.

“އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގަ 24 ގަޑިއިރު ތެރޭ އެމީހަކު އެޕްލިކޭޝަން ފުރިހަމަކުރާތާ 24 ގަޑިއިރުތެރޭ ޕާސްޕޯޓު އެމީހާއަށް ލިބުން. އެއީ ގްރޭޓަރ މާލެ ސަރަހައްދުން. އުއްމީދަކީ ޖެނުއަރީމަހު މި މަސައްކަތް ފެށުން”. ފަސީޙް ވިދާޅުވިއެވެ.

ޕާސްޕޯޓު ހެދުމާއި، ޕާސްޕޯޓު ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކެލާގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ބިދޭސީން ހިންގާ އިތުރު ދެ ވިޔަފާރިއެއް ބަންދުކޮށްފި

ފާހާނާގައި ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Main 20251202 114600

ކުރުނބާ ފަނި ވިއްކާ ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

TTH_advertisement