ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހި ފަށަން، ކަނޑު އުޅަނދުތައް ނަގަން އަންގައިފި

މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަން ބަނދަރުގައި އަޅާފައި ހުރީ އުޅަނދުތައް ނަގަން އަންގައިފިއެވެ.

އެމްޕީއެލްއިން ބެދުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެ މަޝްރޫއު 8 ޑިސެންބަރު 2025 އިން ފެށިގެން، 3 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެ މަސައްކަތުގެ ތެރެއިން، މާލޭ ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް 20 ޑިސެންބަރު 2025 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޕީއެލުން ވިދާޅުވިއެވެ.

އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ސެގްމަންޓަކަށް ބަހާލައިގެނެވެ. އެގޮތުން، މަސައްކަތުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތްކުރުމަށް ޓަކައި، ލޯކަލް މާރުކެޓްގެ ހުޅަނގަށް 100 މީޓަރު ސަރަހައްދުގައި ހިމެނޭ އެންމެހާ ކަނޑު އުޅަނދުތައް 19 ޑިސެންބަރު 2025 ވަނަ ދުވަހުގެ 0:00 ގެ ނިޔަލަށް ނެގުމަށް އެމްޕީއެލުން ވަނީ އިއުލާނުކޮށްފައެވެ.

އެ ސަރަހައްދު ބޭނުންކުރާ އޮޑިދޯނިފަހަރަށް ވަގުތީ ގޮތުން އެހެން ސަރަހައްދުތަކެއް ހަމަޖެއްސުމަށް ކަމާ ބެހޭ ވުޒާރާތަކާއި ގުޅިގެން މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ. އެހެންކަމުން، މަސައްކަތް ކުރިއަށް ގެންދާ މުއްދަތުގެ ތެރޭގައި ވެސް އޮޑިދޯނިފަހަރަށް ދަތިނުނުވާނެ ގޮތަށް، ހިދުމަތްތައް ފޯރުކޮށްދިނުމަށް އިންތިޒާމްތައް ހަމަޖައްސާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޓަކައި، އެ ސަރަހައްދު ހުސްކުރުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަަށް އެމްޕީއެލުން އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

778

އެމްޕީއެލްގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށައިފި

އެމްޕީއެލް އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށަނީ

MPL

އެމްޕީއެލް އިން އޯޕަން ސްޓޯރޭޖްގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކޮށްފި

މެރިޓައިމް ކޮންފަރެންސްގެ އިތުރު ޕާޓްނަރުންނާއެކު ސޮއިކޮށްފި

TTH_advertisement