ކުއްލި ޚަބަރު

ބަނގުރަލާއި މަސްތުވާތަކެއްޗާއެކު 3 ބިދޭސީއަކު އަތުލައިގެންފި

ގުޅީފަޅު ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ ދެ މަސް ބޯޓު ހިފަހައްޓައިފި

އެއާޕޯޓަށް ގެނައި ފަދަ ތަރައްގީއެއް ވައިގެ ބަނދަރަށް ވެސް ގެންނަންޖެހޭ: ސައީދު

893

ރާއްޖެއަށް މުދާ އެތެރެކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ނައްތާލެވޭނީ، މައި ވައިގެ ބަނދަރަށް ގެނައިފަދަ ތަރައްޤީއާއި ކުރިއެރުން، މައި ވިޔަފާރި ބަނދަރަށްވެސް ގެނެސްގެންކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓާއި އެމްޕީއެލް ގުޅިގެން ހިންގި “މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް” ފުރިހަމަކުރި ބައިވެރިންނާއި، ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރުމުގެ މަސައްކަތްތައް ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ކުރިއަށްގެންދިއުމުގައި އެމްޕީއެލްއިން އަދާކުރަނީ އާދަޔާޚިލާފު މުހިންމު ދަޢުރެއްކަމަށެވެ.

އަދި ރާއްޖޭގެ ޕޯޓްގެ ސިނާޢަތް ތަރައްޤީކޮށް ފުޅާކުރުމަށް އިކޮނިމިކް މިނިސްޓްރީއާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ކުރެވޭ އެންމެ ބޮޑު އެއްމަސައްކަތަކީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތާއި ޕޯޓުގެ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްކަމަށް ސައީދު ވިދާޅުވިއެވެ.

“މި މަސައްކަތްތަކަށް ސަރުކާރުގެ ރޭވުންތެރި މަގު ޗާޓެއް އެބައޮތް. އެކަމަށް ވާސިލުވުމަށް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން މިގެންދަނީ،” ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ސަރަޙައްދުތަކުގައި ކުޑަ ސެޓަލައިޓް ޕޯޓްތަކެއް ތަރައްޤީކުރުމާއި، އުތުރާއި ދެކުނުގައި ވިޔަފާރި މައި ދެ ޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ސަރުކާރުގެ ޕްލޭންގައި ހިމެނޭ ކަމަށެވ.

“ކުރިއަށް ރޭވިފައިވާ މި މަސައްކަތްތަކާއެކު ޕޯޓުގެ ގޮންޖެހުންތަކަށް ޙައްލު އަންނާނެ.” ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

saeed

ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފި: ސަޢީދު

ވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ ފިޔަވަޅު އެޅުން ލިބުނު އިތުރު ބާރެއް: ސައީދު

Mal

ރައީސް ސޯލިހުގެ ވެރިކަން ނިމުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް: މިނިސްޓަރު ސައީދު

saeed

ހަމަޖެހުން ނަގާލަން ހިތްވަރުދެއްވާ ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލަން ޖެހޭ: ސައީދު

TTH_advertisement