ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގެ ސެކިޔުރިޓީ ވަރުގަދަ ކުރަން އެސްޓޭޓް ސެކިޔުރިޓި ތައާރަފްކޮށްފި

893

ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނާއި އިމާރާތްތަކުގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަން އެސްޓޭޓް ސެކިއުރިޓީގެ ނަމުގައި އެޗްޑީސީން ރޭ ޚިދުމަތެއް ތައާރަފުކޮށްފިއެވެ.

އެޗްޑީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފަރުކޮޅުފުށީގައި ރޭ ބޭއްވި “ސޭފާ ހުޅުމާލެ” އިވެންޓުގައި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާ ޚިދުމަތެއް ފަށާފައިވާ ކަމަށެވެ.

“އެސްޓޭޓް ސެކިއުރިޓީ ސާވިސް”ގެ ބޭނުމަކީ ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހެދުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ ވަރަށް ބޮޑު އާބާދީއެއް ދިރިއުޅޭ އަދި މުސްތަގުބަލުގައި ވެސް ބޮޑު އާބާދީއެއް ދިރިއުޅޭނެ ހުޅުމާލޭގެ އިމާރާތްތަކާއި އޮފީސްތަކާއި ވިޔަފާރިކުރާ ވަރަށް ގިނަ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

އެ ކުންފުނިން މިހާރު ދޭ ސެކިއުރިޓީގެ ހިދުމަތުގެ ފެންވަރުގެ ރަނގަޅު ކުުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައި، ރިފޯމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޒުހައިރު ވިދާޅުވިއެވެ.

“ﷲގެ ރަހުމަތްފުޅާ އެކު ފުރަތަމަ ފިޔަވަޅު މިއަދު އެޅިގެން މި ދިޔައީ. އެސްޓޭޓް ސެކިއުރިޓީގެ ގޮތުގައި ރަސްމީ ބްރޭންޑެއް އުފެދިގެން މި ދިޔައީ އަޅުގަނޑުމެންގެ ސެކިއުރިޓީއަށް،” އޭނާ ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވި 24 ގަޑިއިރު ޚިދުމަތްދޭ އެ މުވައްޒަފުން ތިބޭނީ އެކަމަށް ހާއްސަ ޔުނީފޯމުގައި އެއީ ކޮންބައެއްކަން އެނގޭނެ ގޮތަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ވެސް ހުޅުލޭގެ އާންމު ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކާ މި އަހަރު ވަނީ އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް ތައާރަފުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި