ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

އެޗްޑީސީއަށްް 268.49 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

HDC

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ގެއްލުންވި ކުއާޓާތަކަކަށްފަހު މި އަހަރުގެ ފުރަތަމަ ކުއާޓާގައި 268.49 މިލިއަން ރުފިޔާގެ ފައިދާއެއް އެ ކުންފުންޏަށް ލިބިއްޖެއެވެ.

ކުއާޓާއަކު އެއްފަހަރު ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ވިޔަފާރިތަކުގެ ބަލަދުވެރި ފަރާތް ކަމުގައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާއްމުކުރާ ދައުލަތުގެ ކުންފުނިތަކާއި ވިޔަފާރިތަކުގެ މާލީ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި އާމްދަނީގެ ގޮތުގައި އެޗްޑީސީއަށް 432.42 މިލިއަން ރުފިޔާ ލިބުނެވެ.

އެ ކުންފުންޏަށް ލިބުނު އާމްދަނީގެ ބާވަތްތަކަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޕްރޮޕަޓީ ވިއްކައިގެންނެވެ. ޕްރޮޕަޓީ ވިއްކައިގެން 268.57 މިލިއަން ރުފިޔާ ލިބުނެވެ. އަދި ކުލީގެ އާމްދަނީގެ ގޮތުގައި 163.85 މިލިއަން ރުފިޔާ ލިބުނެވެ.

އެޗްޑީސީއަށް ފާއިތުވި އަހަރުގެ ހަތަރުވަނަ ކުއާޓާގައި 468.85 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ގްރޮސް ޕްރޮފިޓުގެ ގޮތުގައި 403.19 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް އޮޕަރޭޓިން ހަރަދުތަކަށް 433.92 މިލިއަން ރުފިޔާ އަދި ސީއެސްއާރްއަށް 0.19 މިލިއަން ރުފިޔާ ހަރަދުވުމުގެ ސަބަބުން އެ ކުއާޓާގައި 80.48 މިލިއަންގެ ގެއްލުންވިއެވެ.

އެހެންނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދުތައް ވަރަށް ބޮޑަށް ދަށްކޮށްފައިވެއެވެ. އެގޮތުން ހިންގުމުގެ ހަރަދުތަކަށް ސީއެސްއާރް ހިމެނޭ ގޮތަށް ހަރަދުވެފައިވަނީ 206.37 މިލިއަން ރުފިޔާއެވެ. އެއީ ނިމުނު އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު 52.4 އިންސައްތައިގެ ދަށްވުމެކެވެ.

ހިންގުމުގެ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވުމުގެ ސަބަބުން އެ ކުންފުންނަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 268.49 މިލިއަން ރުފިޔާ ލިބުނުކަން ޕީސީބީގެ ރިޕޯޓުން ހާމަވެއެވެ.

ކުންފުނީގެ ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް 6.21 ބިލިއަން ރުފިޔާއަށް އަރާއިރު ލޯނާއި ދަރަަނި 9.30 ބިލިއަން ރުފިޔާއަށް އަރައެވެ. ކުންފުނީގައި މިވަގުތު އެސެޓުގެ ގޮތުގައި 19.08 ބިލިއަން ރުފިޔާގެ އެސެޓު ހުރިކަމަށް ޕީސީބީގެ ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 02 04 at 16.18.48

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދަން ރާވާފައިވާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް

hdc office

އެޗްޑީސީ ގުރުއާން ކުލާސްތަކުގައި ބައިވެރިވުމަށް ހުޅުވައިލައިފި، ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރޯދަ މާރުކޭޓުން ދިވެހިންނަށް ހިލޭ ގޮޅި ދޫކުރަން ފަށައިފި

އެޗްޑީސީގެ ސިލްވާ ޖުބިލީ ފާހަގަކުރުމުގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށްފި

TTH_advertisement