ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ

ނަތަންޔާހޫ: އޮސްޓްރޭލިއާގައި ހިނގި ބަޑިޖެހުމުގެ ހާދިސާއިން އެޑްވާންޓޭޖް ނެގުމަށް ގެންދަނީ މަސައްކަތް ކުރަމުން

ޔަހޫދީންނާމެދު ނަފްރަތާއި ހަސަދަވެރިކަން އާންމުވާން ފަށާފައި މިވަނީ، ހުޅަނގުގެ ގައުމުތަކުން ފަލަސްތީނު މިނިވަން ދައުލަތް ގަބޫލު ކުރަން ފެށުމުން ކަމަށް ބުނެ، އިސްރާއީލުގެ ބޮޑު މުޖުރިމު ނަތަންޔަހޫ ވާހަކަ ދައްކައިފިއެވެ.

އޮސްޓްރޭލިއާގެ ބޮންޑައި ބީޗްގައި ޔަހޫދީންގެ އިހުތިފާލެއް ކުރިއަށް ދަނިކޮށް ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން ނަތަންޔާހޫ ގެންދަނީ މައްސަލައިގެ ފޯކަސް އޮޅުވާލައި  ބަދަލުކުރުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

ނަތަންޔާހޫ ބުނެފައިވަނީ، ފަލަސްތީނު ދައުލަތް ބަލައި ނުގަތުމަށް އޭނާ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ގާތު މީގެ ދުވަސްތަކެއް ކުރިން ބުނި ކަމަށެވެ.

ފަލަސްތީނު ދައުލަތް ބަލައިގަތުމަށް ނިންމައި އޮސްޓްރޭލިއާއިން އެކަން ރަސްމީގޮތުން އިއުލާން ކުރީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 11  ވަނަ ދުވަހުއެވެ.

ނަތަންޔާހޫ ބުނީ، ސިޑްނީގައި ދެވުނު ހަމަލާއަކީ، އޮސްޓްރޭލިއާ ސަރުކާރުގެ ނިންމުމުގެ ނަތީޖާ ކަމަށާއި، މިއީ އޭނާ ކުރިންވެސް ލަފާކުރި ކަމެއް ކަމަށެވެ. އަދި މިއީ، އޮސްޓްރޭލިއާއިން އިސްރާއީލާ ދެކޮޅުވުމުގެ ނަތީޖާ ކަމަށްވެސް ބުނެފައި ވެއެވެ.

ނަތަންޔާހޫ ބުނެފައިވަނީ، ސިޑްނީ ބީޗްގައި ހިނގި ބަޑިޖެހުމުގެ ހާދިސާގެ ފުރިހަމަ ޒިންމާ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އުފުލަން ޖެހޭނޭ ކަމަށެވެ.

ނަތަންޔާހޫގެ ވާހަކަތަކާ ގުޅިގެން ނޫސްވެރިޔަކު ސުވާލު ކުރުމުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެޔަށް ޖަވާދެއް ނުދެއްވިއެވެ. ހަމައެކަނި ވިދާޅުވީ، މިއީ އޮސްޓްރޭލިއާ އެއްބައިވަންތަ ވާންވީ ވަގުތު ކަމަށެވެ.

މުޖުރިމު ނަތަންޔާހޫ ވަނީ، ފަލަސްތީނު މިނިވަން ދައުލަތް ބަލައިގަތުމަށް ނިންމި ގައުމުތަކުން އެކަމާމެދު އަލުން ވިސްނުމަށް ގޮވާލާފައެވެ.

އަދި ހަމައެއާއެކު، ޔަހޫދީންނާމެދު ފަތުރަމުންދާ ނަފްރަތާއި، ހަސަދަވެރިކަން ނިމުމަކަށް ގެނައުމަށް ފިޔަވަޅު އެޅުމަށް ނަތަންޔާހޫ، ހުޅަނގުގެ ގައުމުތަކުގެ ވެރިންނަށް އަމުރު ކޮށްފައި ވެއެވެ.

އޮސްޓްރޭލިއާގައި ހިނގި ބަޑިޖެހުމުގެ ހާދިސާގެ އެޑްވާންޓޭޖް ނަގަން އިސްރާއީލުން ވަރަށް ގަދަޔަށް ވަނީ މަސައްކަތް ފަށާފައެވެ.

ނަތަންޔާހޫ އެންމެ ފުރަތަމަ ބުނީ، ބަޑިޖަހަމުންދިޔަ މީހާ ހިފައި ހައްޔަރުކުރީ ޔަހޫދީއެއް ކަމަށެވެ. އަދި އެއީ ބަތަލެއް ކަމަށް ބުނެ ތައުރީފް ކޮށްފައި ވެއެވެ.

އެއީ، މުސްލިމެއްކަން ދުނިޔޭގެ މީޑިއާއިން ހާމަކުރަން ފެށުމުން ނަތަންޔަހޫ މިހާރުވަނީ ވާހަކައިގެ ރާގު ބަދަލުކޮށް، ފަލަސްތީނު މިނިވަން ދައުލަތާއި އެ ހާދިސާއާ ގުޅުވަން މަސައްކަތް ފަށާފައެވެ.

ސިޑްނީ ބީޗްގައި ޔަހޫދީންތަކެއް ތެރެއަށް ދެމީހަކު ބަޑިޖެހުމުން އެކަމުގެ އެޑްވާންޓޭޖް ނަގައި، ޔަހޫދީންނަށް ގެއްލިފައިވާ ހަމްދަރުދީ ހޯދުމަށް ނަތަންޔާހޫ އަވަސްވެގެންފައި ވާއިރު، ޣައްޒާއިން ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އާންމުން އެތައްހާސް ބަޔަކު ޝަހީދުކޮށް، މުޅި ދުނިޔޭގެ ނަފްރަތު ނަތަންޔާހޫއަށް އަމާޒުވެފައި ވާއިރު، މިހާރު މަސައްކަތް ކުރަނީ ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތަކުގެ ފޯކަސް އަނބުރާލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ

އެމެރިކާއިން ޑިމާންޑްކުރަނީ ތިން ކަމަކަށް، އީރާނުން އަންގަނީ ބިރުދައްކައިގެން އެއްބަސްވުމެއް ނުހެދޭނެ ކަމަށް

އީރާނުގެ މިސައިލްތައް އަމާޒުކޮށްފައިވާ އިސްރާއީލުގެ ބައެއް ތަންތަން ހާމަކޮށްފި، އެމެރިކާގެ ކޮމާންޑަރު އިސްރާއީލަށް

ގުދުސްގައި ހުންނަ އދގެ އޭޖެންސީގެ ހެޑްކްއާޓަރު ތަޅައި ބިމާހަމަކުރަން ފަށައިފި، ދުނިޔެ ހިމޭނުން!

TTH_advertisement