ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ ނިންމެވުމާ އެއްގޮތަށް އެއް ކިލޯއިން މަތީގެ މަސް 16ރ. އަށް ގަންނަން ފަށައިފި

Ii

މިފްކޯއިން އެއް ކިލޯއިން މަތީގެ މަސް 16ރ. އަށް ގަންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ނިންމެވި ނިންމެވުމަށް އަމަލުކުރަން ފަށައިފިއެވެ.

މި އަހަރުގެ މަސްވެެރިންގެ ދުވަސް ފާހަގަކުރަން ރޭ ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިހާރު އެ އަގުގައި ގަންނަނީ ދޮޅު ކިލޯއިން މަތީގެ މަސް ކަމަށެވެ. ނަމަވެސް ފެށިގެން އެއް ކިލޯއިން މަތީގެ މަހަށް ވެސް އެންމެ މަތީ ރޭޓުގައި މަސް ގަންނަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އެންމެ ދަށްވެގެން 16ރ.އަށް ގަންނަ ގޮތަށް މިފްކޯއިން މާދަމާއިން ފެށިގެން ފަށާނެ. މާނައަކީ އެ ދުވަހަކު މިފްކޯއަށް 17ރ. އަށް ގަނެވެންޏާ، 18ރ.އަށް ގަނެވެންޏާ އަދި އެއަށް ވުރެ ވެސް މަތީ އަގަކަށް ގަނެވެންޏާ މިފްކޯއިން ކަނޑައަޅާނެ. އެންމެ ދަށްކޮށް 16ރ. އަށް.”

ރައީސްގެ އެ ނިންމުމެވުމާ ގުޅިގެން މަސްވެރިން ތިބީ ވަރަށް އުފަލުންނެވެ. މިއީ މަސްވެރި އެތައް އާއިލާއެއްގެ ދިރިއުޅުމަށް ތިޔާގިކަން ގެނުވާނެ ކަމެކެވެ.

މީގެ އިތުރުން ރައީސް ރޭ ނިންމެވިގޮތަށް މަސްވެރިންނަށް ވިއްކާ ތެލުން އެވްރެޖުކޮށް 51 ލާރި އަގު ހެޔޮވެފައިވާކަން ވެސް މަސްވެރިން ފާހަގަކުރެއެވެ. ރައީސް ދެން ނިންމެވީ ތިން ޓަނަށް ވުރެ އިތުރަށް މަސް ކިރާ ނަމަ ތެޔޮ ލިޓަރަކުން އެވްރެޖުކޮށް 71 ލާރީގެ ޑިސްކައުންޓެއް ދިނުމަށެވެ. އެ ނިންމުމަށް އަމަލުކުރަން ވެސް މިއަދު ވަނީ ފަށާފައެވެ.

މަސްވެރިކަމުގެ ސިނާއަތަށް ސިޔާސީ އޮއިވަރު ވައްދައިގެން އުޅޭ އުޅުމަށް ޖާގަ ނުދިނުމަށް އެމަނިކުފާނު ރޭ ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

Oo

ވިޔަފާރީގެ އައު ފުރުޞަތުތަކާ ގުޅޭގޮތުން “ޖެޓްރޯ” އާއެކު މިފްކޯ އިން މަޝްވަރާކޮށްފި

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް