ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިންވަނަ ފިޔަވަހި ބާރަށް ކުރިއަށް، މިހާތަނަށް 31 ހެކްޓަރުގެ ބިން ހިއްކިފައިވޭ

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް، އެ މަސައްކަތާ ހަވާލުވެފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (މެކްލް) ހާމަކޮށްފިއެވެ.

ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 31 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އަދަދަކީ ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ޖުމްލަ 49.2 އިންސައްތައެވެ. މިއާއެކު މަޝްރޫޢުގެ ދެބައިކުޅަ އެއްބައި ނިމުމަކާ ގާތަށް ޖެހިލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި މަސައްކަތް މެކްލް އިން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

މި ބިޔަ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދެ ބޮޑު ޑްރެޖަރު ބޭނުންކުރަމުންދެއެވެ. އެއީ 22,000 ކިއުބިކް މީޓަރު ގެ ޖާގަ ހުންނަ ‘ޕްރިންސް ޑެރ ނެދަލޭންޑެން’ އާއި، ހަމަ އެ ޖާގައިގެ ‘އޮރާންޖް’ އެވެ. މި ދެ ޑްރެޖަރުގެ އެހީގައި ބިން ހިއްކުމުގެ މަސައްކަތް ދަނީ ދުވާލާއި ރޭގައި ވެސް ކުރިއަށެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫޢަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން އިސްކަންދޭ މުހިންމު މަޝްރޫޢެކެވެ. މަސައްކަތުގެ ދުވެލި މިހާރު ހުރި ގޮތުން، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމޭނެ ކަމަށް މެކްލް އިން އުންމީދުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

އައްޑޫއަށް ގެއްލުނީ ހިދުމަތުގެ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް

ފޯޅަވަހި “ޑީލު” ދިވެހި ސަރުކާރުން ބަލައިނުގަނޭ

hulhumale 3rd phase

ހުޅުމާލޭ ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކުރާނެ