ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާދަމާ އިން ފެށިގެން ކިލޯއަކަށްވުރެ މަތީގެ މަސް 16 ރުފިޔާއަށް މިފްކޯއިން ގަންނާނެ: ރައީސް

Ii

މާދަމާއިން ފެށިގެން މިފްކޯއިން އެއް ކިލޯއިން މަތީގެ މަސް 16ރ އަށް ގަންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މި އަހަރުގެ މަސްވެެރިންގެ ދުވަސް ފާހަގަކުރަން މިރޭ ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިހާރު އެ އަގުގައި ގަންނަނީ ދޮޅު ކިލޯއިން މަތީގެ މަސް ކަމަށެވެ. ނަމަވެސް މާދަމާއިން ފެށިގެން އެއް ކިލޯއިން މަތީގެ މަހަށް ވެސް އެންމެ މަތީ ރޭޓުގައި މަސް ގަންނަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މިއަދުން ފެށިގެން ގެންނަ މައިގަނޑު ބަދަލަކީ ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ ރޭޓުގައި މަސް ގަންނަ ގޮތަށް ބަދަލުކުރުން،” ރައީސް ވިދާޅުވިއެވެ.

“އެންމެ ދަށްވެގެން 16ރ.އަށް ގަންނަ ގޮތަށް މިފްކޯއިން މާދަމާއިން ފެށިގެން ފަށާނެ. މާނައަކީ އެ ދުވަހަކު މިފްކޯއަށް 17ރ. އަށް ގަނެވެންޏާ، 18ރ.އަށް ގަނެވެންޏާ އަދި އެއަށް ވުރެ ވެސް މަތީ އަގަކަށް ގަނެވެންޏާ މިފްކޯއިން ކަނޑައަޅާނެ. އެންމެ ދަށްކޮށް 16ރ. އަށް.”

މީގެ އިތުރުން ރައީސް ވިދާޅުވީ މާދަމާއިން ފެށިގެން މަސްވެރިންނަށް ވިއްކާ ތެލުން އެވްރެޖުކޮށް 51 ލާރި އަގު ހެޔޮވާނެ ކަމަށެވެ. އަދި ތިން ޓަނަށް ވުރެ އިތުރަށް މަސް ކިރާ ނަމަ ތެޔޮ ލިޓަރަކުން އެވްރެޖުކޮށް 71 ލާރި ހެޔޮވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް ސިޔާސީ އޮއިވަރު ވައްދައިގެން އުޅޭ އުޅުމަށް ޖާގަ ނުދިނުމަށް އެމަނިކުފާނު މިރޭ ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

Oo

ވިޔަފާރީގެ އައު ފުރުޞަތުތަކާ ގުޅޭގޮތުން “ޖެޓްރޯ” އާއެކު މިފްކޯ އިން މަޝްވަރާކޮށްފި

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް