ރ. ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއްގެ އިތުރުން މަސްބަނދަރެއް ގާއިމްކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ސަރުކާރުން މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ތްރީ ވޭ އެންޓަޕްރައިސެސް އާއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރަން މިރޭ ދުވާފަރުގައި ބޭއްވި ޖަލްސާގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ މިނިސްޓަރު އަޙުމަދު ޝިޔާމްއެވެ. މަސައްކަތް ކުރާ ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޙަސަން އިބްރާހީމެވެ.

ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ މަސް ޕްރޮސެސްކުރާ ފެސިލިޓީގެ އިތުރުން މަސްވެރިކަމުގެ އުޅަނދުތައް ކައިރިކުރުމަށް ވަސީލަތްތައް ހިމެނޭ ބަނދަރެއްވެސް ތަރައްގީކުރާނެއެވެ.
މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލް ސަރުކާރުން އަދި ހާމައެއްނުކުރެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ވިއްކުމަށްޓަކައި އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހުޅުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު