ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

“މަސްވެރިޔާ” ޕޯޓަލް އިފްތިތާހުކޮށްފި

Whatsapp image 2025 12 13 at 21.00.14

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިންނަށް ބޭންކުގެ ފައިނޭންސިންގ ޚިދުމަތްތަކަށް ފަސޭހައިން އެދި ހުށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމް، “މަސްވެރިޔާ” ޕޯޓަލް އިފްތިތާހުކޮށްފިއެވެ. މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރ. ދުވާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީނެވެ.

މަސްވެރިޔާ ޕޯޓަލްއިން މަސްވެރިކަމުގެ ދާއިރާގެ މީހުންގެ ދިރިއުޅުމާއި އުންމީދުތައް ހާސިލްކުރުމަށް އެހީތެރިވުމަށްޓަކައި ހެދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ އިސްލާމިކް ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓްތަކަށް އެދި ހުށަހެޅޭނެއެވެ. ވަރަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓަރކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ މަސްވެރިންނަށް، ތިރީގައިވާ ބޭނުންތަކަށް އެދި އިސްލާމީ ފައިނޭންސިންގ ޚިދުމަތްތަކަށް އެދި ހުށަހެޅޭނެއެވެ.

  • ގެދޮރު ގަތުމަށް
  • ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް
  • މަތީ ތައުލީމު ހާސިލުކުރުމަށް
  • އުޅަނދު ބަނުމާއި މަރާމާތުކުރުމަށް
  • ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށް
  • ލުއި ފައިނޭންސިންގ އަށް. މި ފައިނޭންސިންގ އަކީ މަސްވެރިކަމަށް ބޭނުންވާ ސާމާނު ގަތުން ނުވަތަ އިތުރު އެކި ބޭނުންތަކަށް ދޫކުރެވޭ ފައިނޭންސިންގ އެއް.

“މަސްވެރިންނަށް މާލީ ޚިދުމަތްތަކަށް ވާސިލުވުމަށް ލުއިފަސޭހަ މަގެއް ހޯދައިދިނުމަށް މި އަހަރުގެ ކުރީކޮޅު އަޅުގަނޑުމެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއެކު ވާނީ އެއްބަސްވެފައި.” ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ. “މަސްވެރިޔާ ޕޯޓަލް އިފްތިތާހުކުރުމަކީ މަސްވެރިކަމުގެ ސިނާއަތަށް އެހީތެރިވެ، މާލީ ހައްލުތަކަށް ފަސޭހައިން ވާސިލުވެވޭނެ ޒަމާނީ އިންތިޒާމެއް ހަމަޖައްސައިދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް. އަޅުގަނޑުމެން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް އެންމެ ބޭނުންތެރި މާލީ ހައްލުތައް ފޯރުކޮށްދިނުމަށް.”

މަސްވެރިޔާ ޕޯޓަލްއަކީ ބޭންކުން މަސްވެރިންނަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު އެއް ރަމްޒެކެވެ. މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން 2024 ވަނަ އަހަރުގެ ޑިސެންބަރުން ފެށިގެން ބޭންކުން އަންނަނީ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ޖަމާކޮށްދެމުންނެވެ. އަދި ބޭންކުން މަސްވެރިންނަށް އެއްވެސް އިކުއިޓީއެއް (އަމިއްލައަށް ޚަރަދުކުރަންޖެހޭ ބައި) އަދި ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ ހާއްސަ ފެސިލިޓީއެއްވެސް ވަނީ ތައާރަފްކޮށްފައެވެ. މި ފައިނޭންސިންގއަށް ފައިސާ އަނބުރާ ދެއްކުމުގެ ތާވަލު ހަމަޖައްސަނީ މަސްވެރިކަމުން ލިބޭ އާމްދަނީއަށް އަންނަ ބަދަލުތަކަށް ބަލައިގެންނެވެ.

މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ކާޑު ޚިދުމަތްތައްވެސް ވަރަށް އަވަހަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ބީއެމްއެލް އިން 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި

Whatsapp image 2026 01 05 at 17.02.16

ބީއެމްއެލް އިން މެލޭޝިއާގެ ލެގޯލޭންޑަށް އާއިލީ ދަތުރެއް ހޯދުމުގެ ފުރުސަތުލިބޭ ޕްރޮމޯޝަނެއް ފަށައިފި

bml

ބީއެމްއެލުން ސްވައިޕްގެ ބީޓާ ޓެސްޓިން މަރުހަލާ ފަށައިފި

Whatsapp image 2025 12 30 at 10.18.41

ބޭންކް އޮފް މޯލްޑިވްސްއިން ސްވައިޕްގެ ބީޓާ ޓެސްޓިން ފަށައިފި

TTH_advertisement