ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ސިޓީ މޭޔަރު ކަމަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ޑރ. އަދީލް ފޯމު ހުށަހަޅުއްވައިފި

Adheel
ޑރ. އަޙްމަދު އަދީލް ނަސީރު، ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު

އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޑރ. އަޙްމަދު ޢަދީލް ނަޞީރު ފޯމު ހުށަހަޅުއްވައިފިއެވެ.

ޑރ. އަދީލްއަކީ ޕީއެންސީން ޕްރައިމަރީއަށް ފުރުސަތު ހުޅުވާލުމުން އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ފުރަތަމަ ކެންޑިޑޭޓެވެ.

ފޯމު ހުށަހެޅުއްވުމަށްފަހު އެކްސް އާއި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އަދީލް ވަނީ ޕީއެންސީގެ އެންމެހައި މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ.

ޑރ. އަދީލް މިހާރު ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމްގައެވެ. އޭނާ އަކީ ތައުލީމީ ދާއިރާއިން ކުރިއަރަމުން އައި އައްޑޫ ސިޓީގެ ހިތަދޫ އަށް ނިސްބަތްވާ އިލްމީ ބޭފުޅެކެވެ.

Whatsapp image 2025 12 12 at 16.46.27

ޕީއެންސީން އަންނަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ. އައްޑޫ ސިޓީގެ މޭޔަރުކަމުގެ ގޮނޑިއަކީ ވާދަވެރި ގޮނޑިއެއް ކަމުން، މި ގޮނޑިއަށް ޕީއެންސީގެ ޓިކެޓް ހޯދުމަށް ގިނަ ބޭފުޅުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ޕީއެންސީގެ ޕްރައިމަރީއަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 15 ވަނަ ދުވަހެވެ.

އައްޑޫ ސިޓީއަކީ ރާއްޖޭގެ ދެކުނުގެ އެންމެ ބޮޑު އާބާދީ އޮންނަ ސިޓީއެވެ. މި ސިޓީގެ މޭޔަރުކަމުގެ ގޮނޑިއަކީ ސިޔާސީ ގޮތުން ވެސް ވެރިކަންކުރާ ޕީއެންސީއަށް މުހިންމު ގޮނޑިއަކަށް ވާނެއެވެ. މީގެ ކުރިން ހުރިހާ ދައުރެއްގައި ވެސް މި ގޮނޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީ އިންނެވެ. އަދި އައްޑޫ ސިޓީގެ މިހާރުގެ މޭޔަރު އަލީ ނިޒާރަކީ ވެސް އެމްޑީޕީގެ ބޭފުޅެކެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަގީލް
މަގޭކާރީގައި ނުބުނޭ އަދިވެސް ކުރިމަތި ލާވާހަކައެއް
ނ ނަފިޒް
ތީ އައްޑޫ ރަސްގެފާނުގެ މައްސަލައަކީ ތަބުނާގޮތަކަށް އުތަ ވެރިކަން ކުރަންޖެހެނީ ބަހީ؟
އ އައްޑޫ ރަސްގެފާނު
މަވަރަށް ބޭނުން މަބުނާގޮތަކަށް ވެރިކަން ކޮށްދޭނެ މީހަކު ގެންނަން، އަދީލް މަބުނާގޮތް ހަދާނެބާ؟
ޒ ޒާހިދު
އަދި ނުވިސްނަން ތިކަމަާ، އެގިދާނެތާ
ފ ފަތިމާ
މަމި ނިކުންނަނީ ތިކަމާ މިއުޅެނީ އިގޭ!
ޔ ޔައުގޫބު
އައްޑުއަށް ހިދުމަތް ކޮށްގެން މީހަކަށް އެފުރުސަތު ދޭނަމަ ރަގަޅު އެސޮރަށް ތިކަން ކޮށްދޭން
އ އިހުސާން
ހަދާގޮތެއް ބަލަމާހިގާ
އ އިހުސާން
އައްޑު ރައްޔިތުން އެބަޖެހޭ ރަގަޅަށް ވިސްނަން
އ އާލިފު
ބަލަގަ ކުރިމަތިލީމާ ކުރިމަތީގައި މިބުނަނީ ތިޔައީ ކުރިމަގަށް ކުރިކޮށައިދޭ ކުރިއެކޭ، ވާނެ ހިއްވަރު ކޮށްލާ
ރ ރަޝީދު އިބުރާހިމް
އަދީލު އަށް ބުނެލަން ތޮތީ އައްޑޫގެ ރައްޔިތުންނަށް އިޙުލާސްތެރި ވާށޭ ފުރުސަތު ލިބޭނޭ، ޔަގީނޭ، ވާނެއޭ
އ އަހުމަދު
މިހާރުވެސް ޒުވާނުންނަށް ތަފާތު ހަތަކާތް އަދީލް ހިންގާ، އެއްމެން ވެގެން އޭނާހޯދާލަންވީހަމަ
އ އަބުދުއް ރަހުމާން
އޭނާގެ އެބަހުރި ހިދުމަތް ކުރުމުގެ ޝައުގުވެރިކަން، ފުރުސަތު ލިބިއްޖެނަމަ ހީވަނީ ހީވަނީ ވަރަށް ތަފާތުވާނެހެން
އ އިބުރާހިމް ރަޝީދު
އަދީލް އަކީ މޭޔަރުކަމަށް ވަރަށްވެސް ޤާބިލް ބޭފުޅެއް، ކާމިޔާބަށް އެދެން

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު