ކުއްލި ޚަބަރު

ޖުމްލަ 787 ވެހިކަލް ޓޯކޮށްފި، ގިނައީ އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ވެހިކަލް

މެންބަރު މައުރޫފްގެ ބަންދަށް ފަސް ދުވަސް ޖަހައިފި

ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން: އެޗްޑީސީ

ސިނގިރޭޓް ވައްކަން: ދިގަލި އާއި އާއްޓޭ ބަންދުން ދޫކޮށްލައިފި

990

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލާގައި ތުހުމަތު ކުރެވޭ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) މިއަދު ބަންދުން ދޫކޮށްލައިފިއެވެ.

އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ހިފަހައްޓާފައި ހުރި ސިނގިރެޓް ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައާ ގުޅިގެން އެ ދެ މީހުން ހައްޔަރުކުރީ އެކަމަށް ފަންޑުކުރި ކަމަށް ތުހުމަތުކޮށެވެ.

އެ މައްސަލާގައި ގިނަ ބަޔަކު ހައްޔަތުކޮށްފައިވެއެވެ. އެ އެންމެންގެ މައްސަލަ ވެސް މިހާރު އޮތީ ޕީޖީ އޮފީހުގައެވެ.

އެ މައްސަލާގައި ތަހުގީގު ނިމި، ދައުވާ ކޮށްދޭން އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ އާރިފާއި ދިގަލި އަދި ކޮންޓެއިނާ ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރި ކ. ތުލުސްދޫ، ލިންކް ހައުސް، ހަސަން އަބްދުއްރަހްމާން ބަންދުން ދޫކޮށްލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ. އެ ހުށަހެޅުމާ އެއްގޮތަށް އެ ތިން މީހުން މިއަދު ވަނީ ދޫކޮށްލައިފައެވެ.

އެ މީހުން ބަންދުން ދޫކުރަން އެދުނީ، ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށް ވާއިރު، މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ އެވެ. އަދި ހަސަން އަބްދުއްރަހްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މީހުން ދޫކޮށްލި ނަމަވެސް އެ މައްސަލާގައި ދެން ހިމެނޭ މީހުން ބަންދުން ދުލެއް ނުކުރެ އެވެ. ސަބަބަކީ ސިނގިރޭޓް ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށް ވުމާއި އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެ ތިބެ މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 122 މިލިއަން ރުފިޔާ އަރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ޖުމްލަ 787 ވެހިކަލް ޓޯކޮށްފި، ގިނައީ އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ވެހިކަލް

117

ވިއްސާރައިގައި ގެއްލުން ލިބުނު ގެއެއްގެ ފުރާޅު، ފުލުހުން މަރާމާތުކޮށްދީފި

muiz police

ފުލުހުންގެ ޚިދުމަތައް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ އަގު ނުކުރެވޭ ފަދަ އިންވެސްޓްމަންޓެއް: އިހްސާން

ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ދޫކޮށްލާފައި ހުރި 787 އުޅަނދު ނަގައިފި

TTH_advertisement