ކުއްލި ޚަބަރު

ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ސަމާލުވޭ! ތައިލޭންޑާއި އިންޑިއާގައި އުފައްދާ ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް

މަރުވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެންނަނީ

ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން ލަންކާއަށް 135،700 ރުފިޔާ ހަދިޔާކޮށްފި

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބިގެންދިޔަ ބޮޑެތި ގެއްލުންތަކާ ގުޅިގެން، ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން 135،700 ރުފިޔާ އެގައުމަށް ހަދިޔާކޮށްފި އެވެ. އެ ފައިސާ ވަނީ ރާއްޖޭގައި ހުންނަ ސްރީލަންކާ ހައިކޮމިޝަނާ ހަވާލުކޮށްފަ އެވެ.

ލަންކާގެ ނޫހެއް ކަމަށްވާ “ސިލޯން ޓުޑޭ” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތޫފާނުގައި ލަންކާއަށް އެހީގެ ގޮތުގައި މިހާތަނަށް 6.5 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބިފައިވާއިރު، އެގައުމަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ ރާއްޖެއިން ކަން އެނޫސްތަކުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ރާއްޖެއިން ލަންކާއަށް 2.4 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވެ އެވެ.

މި އެހީގެ ތެރޭގައި ދިވެހި ސަރުކާރުން ދިން 50،000 ޑޮލަރާއި، ޕީއެސްއެމް އިސްނަގައިގެން ގިނަ މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ “ސިލޯނާއެކު ދިވެހީން” ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު ހިމެނެ އެވެ. އަމިއްލަ ވިޔަފާރިތަކުން ވެސް ބޮޑު އެހީއެއް ދީފައިވާއިރު، ފައިސާގެ އިތުރުން 25،000 މަސްދަޅު ކޭސް ވެސް ރާއްޖެއިން ލަންކާއަށް ހަދިޔާކޮށްފައިވެ އެވެ. ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން ސްރީލަންކާގައި މަރުވި މީހުންގެ އަދަދު 600 އަށް ވުރެ މައްޗަށް އަރައިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202512100154531765356893.6209

ކަނޑުމަގުން އެތެރެކުރި 2.7 މިލިޔަން ރުފިޔާގެ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން ހިފަހައްޓައިފި

ލަންކާގައި އުޅޭ ދިވެހިން އަސާސީ ސާމާނު ހަދިޔާކޮށްފި

ރާއްޖެއިން ހަދިޔާކުރި 25،000 މަސްދަޅު ކޭސް ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްފި

ދިވެހިންގެ އެހީތެރިކަމަށް ލަންކާގެ ރައީސް ޝުކުރު އަދާކުރައްވައިފި

TTH_advertisement