ކުއްލި ޚަބަރު

ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

އައްޑޫގައި ޑެންގީ ހުން ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުންނަށް ރައީސް ރޯދަ ވީއްލުމެއް ދެއްވައިފި

އަމާން އުދަރެސް ޓަވަރު 6ގައި އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރެއް ގާއިމްކުރަން ނިންމައިފި

Ii

ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރު 6ގައި އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރެއް (ޖީޕީ ކްލިނިކެއް) ގާއިމް ކުރަން ހުޅުމާލެ ހޮސްޕިޓަލާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މާލެ ސިޓީ އޮފް ގްރޫޕް އެންޑް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އަމާން އުދަރެސް ޓަވަރު 6ގައި ޖީީޕީ ކްލިނިކެއް ގާއިމުކުރާނެ ކަމަށެވެ.

ހަލީމް ވިދާޅުވީ އެތަނުން އިތުރު ޚިދުމަތްތައް ތައާރަފްކުރަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެތެރޭގައި ކުޑަކުދިންނާ ގުޅޭ ސިއްހީ ބައެއް ޚިދުމަތްތައް ހިމެނެއެވެ.

ސަރުކާރުން ނިންމާފައި ވަނީ މާލޭގައި 4 ޖީޕީ ކްލިނިކް، އަދި ހުޅުމާލެގައި އިތުރު ޖީޕީ ދެ ކްލިނިކް ގާއިމް ކުުރުމަށެވެ. އެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ހަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަރަށް އަވަހަށް ހެންވޭރުގައި ދެވަނަ ޖީޕީ ކްލިނިކް ގާއިމްކޮށް ހިދުމަތް ފަށާނެ ކަމަށެވެ.

މާލެ ސަރަހައްދުގެ ހަ ތަނެއްގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ޖީޕީ ކްލިނިކްތަކުން ފެމިލީ މެޑިސިން ޕްރެކްޓިޝަނާއަށް ދެއްކުމުގެ ޚިދުމަތާއި، އާންމު ބަލިތަކަށް ފަރުވާ ދިނުން، ޖީޕީ ޑޮކްޓަރުން ލަފާ ދޭ ޓެސްޓުތައް ހެދުން، ބޭސް ސިޓީ އައުކުރުން، ކުދި ޕްރޮސީޖާތައް ހެދުން އަދި އެކްސްރޭ ނެގުން ހިމެނެއެވެ. އަދި ބޭސް ފިހާރައެއްގެ ޚިދުމަތް ވެސް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big F5033ZrQTniqPtbkei4aeuZkq

މިހާތަނަށް މުޅިން އަލަށް 9 ރަށެއްގައި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ފަށައިފި

ޞިއްޙީ މަރުކަޒުތަކުންދޭ ޚިދުމަތްތަކަށް ސޮފްޓްވެއާރތަކެއް ތައާރަފްކޮށްފި

990

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަން ބޭނުންވާނަމަ މިއޮތީ ރަނުގެ ފުރުސަތެއް!

TTH_advertisement