ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޯކަލް ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފަށައިފި

ލޯކަލް ކައުންސިލްތަކަށް އަމާޒުކޮށްގެން ބާއްވާ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފަށައިފިއެވެ.

މި ކޮންފަރެންސަކީ ލޯކަލް ގަވަރންމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސް ފެށުމަށް މިއަދު ސްޓެލްކޯ އޮޑިޓޯރިއަމްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލޯކަލް ގަވަރންމެންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވީ، މި ކޮންފަރެންސަކީ ކައުންސިލްތަކުގެ މާލީ ހިސާބުތަކުގެ ޞައްޙަކަން ކަށަވަރުކޮށް، ކައުންސިލްތަކުގެ މަސައްކަތްތައް މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމަށް އެހީތެރިވުމަށް ބާއްވާ ވަރަށް މުހިންމު ކޮންފަރެންސެއް ކަމަށެވެ.

“އަޅުގަނޑުމެން އަބަދުވެސް މި މަސައްކަތްކުރަނީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް. އެއީ އެކަން އޮންނަން ވާނެ ގޮތަކީވެސް. އެކަމު އަޅުގަނޑަށް މުޅި އެތި މަފްހޫމްވެގެން އައި އިރުގައި އަޅުގަނޑަށް ވިސްނުނީ އަސްލު މި ހުރިހާ ކަމެއް އެއް ގޮތަކަށް ނުވަތަ އެއް އުސޫލެއްގެ ދަށުން ގެންދިއުމުން އަސްލު އިންޓަރނަލް އޮޑިޓަކަށް މިވަނީ. މި މަޤްސަދު ހާސިލްކުރުމަށް މި ކޮންފަރެންސް އަސްލު މި ބޭއްވިގެންދަނީ.” އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އައިއޭއޭގެ ޗެއަރޕާސަން މިފްޒާލް އާދަމް ވަނީ މި ކޮންފަރެންސްގައި ކުރިއަށްދާނެ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

“މި ކޮންފަރެންސްގައި ރާއްޖޭގެ އޮޑިޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތަޖުރިބާތައް ޙިއްސާ ކުރާނެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓްތައް ތައްޔާރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި އެ މައްސަލަތައް ހައްލުކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެ. މީގެ އިތުރުން އަމަލީ ގޮތުން އޮޑިޓްކުރުމާއި އޮޑިޓް ރިޕޯޓުހެދުމުގެ ވޯކްޝޮޕްވެސް މި ކޮންފަރެންސްގެ ތެރެއިން ކުރިއަށް ގެންދާނެ.” އައިއޭއޭގެ ޗެއަރޕާސަން މިފްޒާލް އާދަމް ވިދާޅުވިއެވެ.

ކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ކޮންފަރެންސްގައި މާސްޓަރ ކްލާސްތަކާއި، ކީ ނޯޓް ސްޕީޗްތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން މި ސެޝަންތަކުގައި އިންޓަރނަލް އޮޑިޓެއް ރާވާނެ ގޮތްތަކާއި، އޮޑިޓްގެ މަސައްކަތް ކުރާނެ ގޮތްތައް ފަދަ ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމު ހަރުދަނާކުރުމަށް އަމާޒުކޮށްފައިވާ މައުލޫތަކަށް ވާހަކަދައްކަވާ މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް މިފްޒާލް ފާހަގަކުރެއްވިއެވެ.

ލޯކަލް ކައުންސިލްތަކަށް އަމާޒުކޮށްގެން ބާއްވާ އިންޓަރނަލް އޮޑިޓް ކޮންފަރެންސަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ. މި ކޮންފަރެންސްގައި ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މޮނިޓަރިންގ އަދި އޮޑިޓް ކުރާ ފަރާތްތައް ހިމެނޭގޮތަށް 47 މީހުން ވަނީ ބައިވެރިވެފައެވެ.

ކޮންމެ އަހަރަކުވެސް ވަކި ތީމެއްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ މިއަހަރުގެ ޝިއާރު ބިނާކޮށްފައިވަނީ ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓްތައް ހަރުދަނާކުރުމަށެވެ. އެގޮތުން މިއަހަރުގެ ޝިއާރަކީ “ސްރެންތެނިން ގަވަނެންސް؛ އިންޓްރޮޑިއުސިން އިންޓަރނަލް އޮޑިޓް ފޯރ އެފެކްޓިވް ކައުންސިލް އޯވަރސައިޓް” މިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީގެ ކެމްޕޭން ޖަގަހަ ހުޅުވައިފި

Election

ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުޞަތު މިމަހުގެ 10އާއި ހަމައަށް އިތުރުކޮށްފި

437711 1bafea91 d

އުންމީދަކީ ކައުންސިލް އިންތިޚާބާއެކު، ކައުންސިލްތަކުގެ ދައުރު ފުޅާވެ ހަރުދަނާވުން: ރައީސް

shiyam minister

މެނިފެންސްޓޯ ތަންފީޒްކުރުމަށް މުހިންމީ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް: ޝިޔާމް