ކުއްލި ޚަބަރު

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ޣަފޫރު އިންތިޚާބުކޮށްފި

ބޮޑުތަކުރުފާނުމަގުގެ ފުރަތަމަ ސެގްމެންޓް ނިންމައި ހުޅުވައިފި

ފަލަސްތީނު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖެއިން ގޮވާލައިފި

893

ފަލަސްތީނު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޤަޠަރުގެ ވެރިރަށް ޠޯހާގައި މިހާރު ހިނގަމުންދާ ދޯހާ ފޯރަމްގެ އެޖެންޑާގެ ތެރެއިން “އަޕްހޯލްޑިންގ އިންޓަރނޭޝަނަލް ޖަސްޓިސް ސިސްޓަމްސް އެންޑް ދަ ރޫލް އޮފް ލޯ” ގެ ނަމުގައި ބޭއްވުނު ހައި-ލެވަލް މިނިސްޓީރިއަލް ރައުންޑޭބަލްގައި ބައިވެރިވެވަޑައިގެންފަ އެވެ. މި ރައުންޑޭބަލް ސެޝަންގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ޑރ. ޚަލީލް ވަނީ ޑިޕްލޮމަސީގެ ރިވެތި އުޞޫލު ކުރިއަރުވައި، ޤާނޫނީ ވެރިކަން ނެގެހެއްޓުމާއި، އަދި ބައިނަލްއަޤްވާމީ ޢަދުލު އިންޞާފުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ދިވެހިރާއްޖޭން އަބަދުވެސް އަހައްމިއްޔަތުކަން ދޭ ކަމަށާއި، އަދި ޢަދުލު އިންސާފު ޤާއިމް ކުރުމުގައި ހުރިހާ ފަރާތްތަކުންވެސް ހަމަހަމަކަމާއެކު، ވަކި ފަރާތަކަށްބުރަނުވެ އިތުބާރާއި، ޖަވާބުދާރީކުރުވުން ބައިނަލްއަޤްވާމީ ފެންވަރުގައި ދެމެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މީގެ އިތުރުން، ޢަދުލު އިންސާފު ޤާއިމުކުރުމުގައި އިންސާނީ ކަރާމާތް ނެގެހެއްޓުމަށާއި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތި ކަމަކީ އަދުލު އިންސާފު ގާއިމްކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ކުރާ މަސައްކަތްތައް މިންކުރެވިގެންދާނެ ކަމެއް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ފަލަސްތީނު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އަނިޔާވެރިން ޖަވާބުދާރީ ކުރުވުމުގެ އިތުރުން އަނިޔާވެރިކަމަށް އަވަސް ނިމުމެއް ގެނައުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން މިނިސްޓަރ ވަނީ ތަކުރާރުކުރައްވާފައެވެ. މިނިސްޓަރ ޚަލީލްގެ ވާހަކަފުޅުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކަކީ ޢަދުލުވެރި އިންސާފަށް މަގުދައްކައިދޭ ވަޞީލަތަކަށް ވާން ޖެހޭކަމަށާއި މިގޮތުން ފަލަސްތީނު ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުން ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ފަލަސްތީނު ރައްޔިތުންނަށް ޢަދުލު އިންސާފު ލިބުން ލަސްވުމަކީ ޢަދުލު އިންސާފު ނުލިބުން ކަމުގައި އެ މަނިކުފާނު ސިފަކުރައްވާފައިވެއެވެ. އަދި ބައިނަލްއަގުވާމީ ޢަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ނެގެހެއްޓޭނީވެސް ފަލަސްތީނުގެ މައްސަލައަށް ޢަދުލުވެރި، ސުލްޙަވެރި ހައްލެއް އަތުވެގެން ކަމަށް މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި ޤައުމުތަކުގެ ވަޒީރުން، އިސް އޮފިޝަލުން އަދި ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުކުރައްވައި، ސުލްޙަވެރިކަމާއި، ޖަވާބުދާރީ ކުރުވުމާއި، ބައިނަލްއަޤްވާމީ ޢަދުލު އިންޞާފުގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަލްފާޟިލާ ޚަދީޖާ ނަޖީހާއާއި، ޤަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި މުޙައްމަދު ދީދީ ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ މަރިޔަމް މިދުފާ ނަޢީމް އަދި ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މުޙައްމަދު ތަޙުސީން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

3

އިސްރާއީލުން ދަނީ މުޅި ސަރަހައްދުގެ ހަމަނުޖެހުން ނަގާލަމުން: މިނިސްޓަރު ޚަލީލް

Kuwwait 945x630

ފޮރިން މިނިސްޓަރު ކުވޭތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

Kkvv

ތަރައްގީގެ މަޝްރޫއުތަކަށް އެހީ ހޯދަން މިނިސްޓަރު ޚަލީލް ކުވައިތުގައި

އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޑރ. ޚަލީލު ސައުދީ އަށް

TTH_advertisement