ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޚާއްސަ ޕާކިން ޒޯނެއް ހުޅުވައިފި

މާލޭ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޚާއްސަ ޕާކިން ޒޯނެއް އާއްމުންނަށް މިއަދު ހުޅުވައިފިއެވެ.

ހުޅުމާލޭގައި ހުޅުވި މި ޕާކިން ޒޯނުގައި ގާތްގަނޑަކަށް 1،200 ވެހިކަލް ޕާކުކުރެވޭނެ އެވެ.

ޕާކިން ޒޯން ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވީ މިއީ މާލޭ ޒޯންގައި ދިމާވެފައިވާ ޕާކިން މައްސަލަ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ދުވަހެއް ކަމަށެވެ.

އެޗްޑީސީގެ ފަރާތުން މީގެ ކުރިން ވެސް ވަނީ އިތުރު ދެ ޒޯން ޕާކިން އަަށް ހުޅުވާލައިފަ އެވެ.

“މި ޒޯނުގެ ސަބަބުން މަގުތަކާއި ހޮސްޕިޓަލްތަކާއި ގޯތިގެދޮރުގެ ކުރިމަތީގައި ޕާކްކުރާ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ. ގަވާއިދާޚިލާފަށް ޕާކުކޮށްގެން ޓޯކުރަން ޖެހޭ މައްސަލައަށް ވެސް ހައްލެއް އަންނާނެ. މާލެ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ޕާކުކުރަން ގޮތެއް ނެތުމުން އަވަސް ހައްލެއް ހޯދައިދޭން މި މަސައްކަތް ކުރަނީ،” މިނިސްޓަރ އަމީން ވިދާޅުވި އެވެ.

މިއަދު ހުޅުވި ޕާކިން ޒޯނުގައި ޕާކިކުރަން ހުއްދަ ދެނީ ހަމައެކަނި މާލޭ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށެވެ. ރަޖިސްޓްރީ ނުކޮށްހުރި ވެހިކަލްތަކާއި މާލޭ ޒޯން ނޫން ޒޯނުތަކަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތައް އެ ޒޯނުގައި ޕާކެއް ނުކުރެވޭނެ އެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ވަގުތީ ޕާކިން ޒޯންތައް ހަދަނީ ޕާކިން ބިލްޑިންތައް އެޅި ދާއިމީ ހައްލެއް ލިބެންދެން ކަމަށެވެ.

ޕާކިން މައްސަލަތައް ހައްލުކުރުމަށް ދެއްވާ އިސްކަމަށްޓަކައި މިނިސްޓަރ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެޗްޑީސީން ދިން އެއްބާރުލުމަށް އެ ކުންފުންޏަށް ވެސް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ކުރިއަށް އޮތް ހަފުތާގައި ޕާކިންގެ އިތުރު ދެ ބިމެއް ހުޅުވާލުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި