ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ޕާކިސްތާނު މީހަކު ރާއްޖެ ގެނައި ޑްރަގާ ހަވާލުވި މީހަކު 18 އަހަރަށް ޖަލަށް

Mm

މިދިޔަ އަހަރުގެ ޖުލައި މަހު، އިއްތިހާދު އެއާވޭސްއިން ރާއްޖެ އައި ޕާކިސްތާނު މީހަކު ގެނައި މަސްތުވާތަކެއްޗާ ހަވާލުވި މީހަކު 18 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ހުކުމް އިއްވީ ހދ. ކުމުންދޫ ނަރުގިސްވިލާ އަހްމަދު އައްފާންގެ މައްޗަށެވެ. އޭނާގެ އިތުރުން ވ. ސިނަމާލެ، ޝާހިލް މުހައްމަދުގެ މައްޗަށް ވެސް ދައުވާކުރިއެވެ.

އެ ދެ މީހުންގެ މައްޗަށް ކުރީ ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ޝާހިލްގެ މައްސަލަ އަދި ނުނިމެއެވެ.

އިއްތިހާދު އެއާވޭސްއިން ރާއްޖެއައި ޕާކިސްތާނު މީހެއްގެ ފޮށީގައި މަސްތުވާތަކެތި ހުރިކަން ކަސްޓަމަށް ފާހަގަކުރެވިގެން، ފުލުހުންގެ ބެލުމުގެ ދަށުން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައެވެ. މި އޮޕަރޭޝަނުން ފާހަގަވީ، މަރުކަބު ޕްލާޒާ ހޮޓެލް ކައިރީގައި މައްސަލައިގެ ދައުވާ ލިބުނު އައްފާން ހުއްޓައި، ޕާކިސްތާނު މީހާ އެ ތަނަށް ޓެކްސީއެއްގައި ގޮސް އައްފާނާ ފޮށި ހަވާލުކުރި ކަމެވެ.

އައްފާން، ފޮއްޓާއި ހަވާލުވީ ޕާކިސްތާނު މީހާއަށް 50 ރުފިޔާ ދިނުމަށް ފަހުކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމްގައިވެއެވެ.

އެ 50 ރުފިޔާއަކީ ފޮއްޓާއި ހަވާލުވާން އަންނަ މީހާ ފާހަގަކުރަން ދީފައި އޮތް 50 ރުފިޔާ ކަމަށް ހުކުމްގައިވެއެވެ. ޕާކިސްތާނު މީހާއާއި ވަޓްސްއެޕް މެދުވެރިކޮށް މުއާމަލާތްކުރަމުން ދިޔައިރު، އެ މީހާ ހުރީ އޭރު ފުލުހުންނާ އެކުއެވެ.

އައްފާން ފޮއްޓާ ހަވާލުވުމާއެކު ފުލުހުން އޭނާ ހިފަހައްޓައި ފޮށި ބެލިއިރު، ފޮށިން ދެ ކިލޯއަށްވުރެ ގިނަ ޑައިމޯފިންވަނީ ފެނިފައެވެ. އައްފާން ވަނީ ފޮއްޓާ ހަވާލުވި ކަމަށް ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެކަމަކު، އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ޝަރީއަތުގައި އޭނާ ބުންޏެވެ.

އެ ފޮއްޓާ އޭނާ ހަވާލުވީ ރައްޓެއްސަކު ބުނެގެން ކަމަށް ބުނިނަމަވެސް އެއީ ކާކުކަން ފުލުހުންނަށް އޭނާއަށް ދެއްކިފައެއްނުވެއެވެ.

އެ މައްސަލާގައި އައްފާން 18 އަހަރަށް ޖަލަށްލުމުގެ އިތުރުން 75،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ބައްސާމަށް އިތުރު 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

Image 20

ރުގްޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކު ޖަލަށް

މަންޑޭ 397 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

Izaam

ރޭޕްގެ ދައުވާ ސާބިތުވެ އިޒާމް 15 އަހަރަށް ޖަލަށް

TTH_advertisement