ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގެ މަގުތަކުގައި ޕާކިން ތަރުތީބުކުރުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

ހުޅުމާލޭގެ މަގުތައް ސާފުކޮށް، މަގުތަކުގައި ޕާކިން ތަރުތީބުކުރުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މިއީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސަރުކާރު ހިއްސާވާ 9 ކުންފުންޏަކާއި ޕަބްލިކް ވޯކްސް ގުޅިގެން ކުރިއަށްގެންދާ 3 ދުވަހުގެ ޕްރޮގްރާމެކެވެ.

މި ޚާއްސަ ޕްރޮގްރާމްގެ ދަށުން ހުޅުމާލެ ފިޔަވަހި 1 އަދި 2 ގެ އެކި މަގުތަކާއި ބިންތަކަށް ދޫކޮށްލާފައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނަގާނެއެވެ.

ޕްރޮގްރާމްގެ މަޤްސަދަކީ ހުޅުމާލެގެ މަގުތައް ސާފުކުރުމާއެކު މަގުމަތީގެ ޖާގަތަކަށް ރަނގަޅު ތަރުތީބެއް ގެނައުންކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އިން “އެކްސް” ގައި މިއަދު ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އަދި މި ޕްރާގްރާމްގެ އެހީގައި ރައްޔިތުންގެ ރައްކާތެރިކަން އިތުރުވެ، ތޮއްޖެހުން މަދުވެގެންދާނެކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ޓޯޔާޑް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ފައްޓަވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިފަދައިން މަގުމައްޗަށް އުޅަނދުތައް ދޫކޮށްލުމުން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޕާކް ކުރުމަށާއި މަގު ބޭނުން ކުރާ އެހެނިހެން ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތައް ވެސް މަގުމައްޗަށް މިގޮތަށް ދޫކޮށްލާފައި ހުންނަކަން ފާހަގަކޮށް، އެ ގޮތަށް ހުރި އުޅަނދުތައް ވެސް ނެގުމަށް އިލްތިމާސްކުރައްވާފައެވެ.

މި ޕްރޮގްރާމުގެ ދަށުން ނަގާ އުޅަނދުތަކާ މެދު ޢަމަލުކުރާނީ ޤަވާއިދުގެ ތެރެއިންކަމަށާއި އާންމުކޮށް ޓޯ ކުރާ އުޅަނދުތަކާ މެދު ފުލުހުން ޢަމަލުކުރާ އުސޫލުން، ކަން ކުރެވިގެންދާނެކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޒުހެއިރުގެ އިތުރުން އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި