އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ 2026 ވޯލްޑް ކަޕްގެ ގުރުއަތުލުން މިރޭ ރާއްޖެ ގަޑިން 10 ޖަހާއިރު އެމެރިކާގެ ވެރިރަށް ވޮޝިންޓަންގެ ޖޯން އެފް ކެނެޑީ ސެންޓަރުގައި ބާއްވާނެއެވެ. މި ތާރީޚީ ރަސްމިއްޔާތުގައި ތިން ގައުމުގެ ވެރިން ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބާމް އަދި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރިއޯ ފާޑިނޭންޑް ހުށަހަޅައިދޭ މި ގުރުއަތުލުމުގައި 48 ޓީމު ބައިވެރިވާއިރު، މިހާތަނަށް 42 ޓީމެއް ވަނީ ކޮލިފައިވެފައެވެ. ބާކީ ހަ ޖާގަ ކަށަވަރުވާނީ އަންނަ އަހަރުގެ މާޗުގައި ކުޅޭ ޕްލޭއޮފް މެޗުތަކަށް ފަހުގައެވެ. ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި މުބާރާތުގައި 16 ސިޓީއެއްގައި ޖުމްލަ 104 މެޗު ކުޅޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު