ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ފެނަކަ ބިލުތަކުން ސަބްސިޑީ ދޭނެކަމަށް ބުނެ ސްކޭމެއް ހިންގާތީ ސަމާލުވުމަށް އެދިއްޖެ

ފެނަކަ ކޯޕަރޭޝަންގެ ބިލުތަކުން ސަބްސިޑީ ދޭނެކަމަށް ބުނެ ސްކޭމެއް ހިންގާތީ ސަމާލުވުމަށް އެދިއްޖެއެވެ.

ފެނަކައިން މިއަދު ބުނީ، އެ ކުންފުނިން ދޭ ޚިދުމަތްތަކުގެ ބިލުތަކުން ސަބްސިޑީ ދޭނެކަމަށް ބުނެ، އެ ކުންފުނީގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ސްކޭމެއް ހިންގަމުން އަންނަކަމަށެވެ.

އެހެންވެ އެފަދަ ލިންކެއް ނުވަތަ ކޯލެއް ލިބިއްޖެނަމަ، ކަމާބެހޭ ފަރާތްތަކަށް އަވަހަށް ރިޕޯޓުކުރުމަށް ފެނަކައިން ވަނީ އެދިފައެވެ.

ރާއްޖޭގައި އެކި ކުންފުނި، ވިޔަފާރިތަކާއި އިދާރާތަކުގެ ނަމުގައި ސްކޭމް ހިންގުން އިތުރުވެފައިވާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، މިދިޔަ ނޮވެމްބަރު މަހު ސްކޭމްގެ 164 މައްސަލައެއް ރިޕޯޓުކޮށްފަވެއެވެ. އެ މައްސަލަތަކުން ޖުމްލަ 1،520،269 ރުފިޔާ ގެއްލިފައިވާއިރު، 387،971 ރުފިޔާ ވަނީ ރިކަވަރ ކޮށްފައެވެ.

މި މައްސަލަތަކުގެ ތެރެއިން 80 މައްސަލައަކީ އީ-ކޮމާސް މެދުވެރިކޮށް ހިންގާފައިވާ ސްކޭމްގެ ތަކެވެ. މީގައި އިންޕަރސަނޭޝަން މެދުވެރިކޮށް ހިންގާފައިވާ 36 މައްސަލަ، ލާރި މާރުކޮށްދިނުމުގެ ނަމުގައި 21 މައްސަލަ އަދި ފިޝިންގ، ވިޝިންގ އަދި ޖޮބްސްކޭމްގެ 12 މައްސަލަ ހިމެނެއެވެ.

މި ސްކޭމްތައް ހިންގުމަށް ފޯނު ކޯލާއި، އައިބޭ، އޮންލައިން މެސެޖިން، ފިޝިންގ ލިންކް އަދި ފޭސްބުކް މާކެޓް ޕްލޭސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކޮޅުފުށީ ހައުސިން ޔުނިޓުތަކުގައި ފެނާއި ނަރުދަމާ ގާއިމުކުރުން ފެނަކައަށް

addu city

އައްޑޫ ކެޕޭސިޓީ 17 މެގަ ވޮޓަށް ރަމަޟާން މަހުގެ ކުރިން އިތުރު ކުރެވޭނެ: ނަޖާޙް

ކެޕޭސިޓީ އިތުރުކުރުމަށް ރަށްރަށަށް 93 ޖެނެރޭޓަރު ފޮނުވާފައިވާނެ: ނަޖާޙް

ފެނަކަ ކޮރަޕްޝަންގެ މައްސަލާގައި އޭސީސީއާއެކު މަސައްކަތްކުރަން މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީން ނިންމައިފި

TTH_advertisement