ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ދިވެހިންގެ އެހީތެރިކަމަށް ލަންކާގެ ރައީސް ޝުކުރު އަދާކުރައްވައިފި

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން ވެދިން އެހީތެރިކަމަށް އެޤައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ޝުކުރު އަދާކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލަންކާގެ ރައީސް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ހެޔޮދުޢާގެ މެސެޖާއި ދިވެހިން ދެއްކި އިޚްލާޞްތެރިކަމުން ދެޤައުމުގެ ޒަމާންވީ ގުޅުމުގެ ވަރުގަދަކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ލަންކާއަށް ހަދިޔާކޮށްފައެވެ. އެސްޓީއޯގެ ބޯޓު މިހާރު ވަނީ މަސްދަޅު ހިފައިގެން ލަންކާއަށް ބަނދަރުކޮށްފައެވެ. މީގެ އިތުރުން ދިވެހި މީޑިއާތަކުން ހިންގި ތެލެތޯނުން 11.5 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި 51،000 އަށްވުރެ ގިނަ ޑޮލަރު ވަނީ އެއްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން ލަންކާއަށް 135،700 ރުފިޔާ ހަދިޔާކޮށްފި

ލަންކާގައި އުޅޭ ދިވެހިން އަސާސީ ސާމާނު ހަދިޔާކޮށްފި

ރާއްޖެއިން ހަދިޔާކުރި 25،000 މަސްދަޅު ކޭސް ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްފި

25،000 ކޭސް މަސްދަޅު ހިފައިގެން އެސްޓީއޯގެ ބޯޓެއް ލަންކާއަށް ފުރައިފި

TTH_advertisement