ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަމުގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދީފި

Main 20251204 065907

ގަމު އިންޖީނުގޭގައި ބުދަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑިގެން ދިއުމުން، އެކަން ޙައްލުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ބުދަ ދުވަހުގެރޭ ރަށުގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފިއެވެ.

މި ހާދިސާގައި ލ. ގަމުގެ އިންޖީނުގޭގައި ހުންނަ ދެ އިމާރާތުގެ ތެރެއިން، އެއް އިމާރާތުގައި ވަރަށް ބޮޑަށް ވަނި އަލިފާން ރޯވެފައެވެ. އެގޮތުން އެނެކްސް އެކެއްގައި އަލުފާން ރޯވިއިރު، އެނެކްސް ދޭކަށް އަލިފާނުގެ އަސަރުކޮށްފައި ނުވާކަމަށް ފެނަކައިން ހާމަކުރެއެވެ.

އަދި އެ ރަށުގައި ހުންނަ 5 އިންޖީނުގެ ތެރެއިން އެއް އިންޖީނަށް ބޮޑު ގެއްލުންތަކެއް ލިބިފައިވާކަމަށް ވިޝުއަލް އިންސްޕެކްޝަންއިން ފާހަގަވެފައިވާކަމަށް ވެސް ފެނަކައިން ހާމަކުރެއެވެ.

އެ ރަށަށް ދިމާވި ކަރަންޓުގެ މައްސަލަ ޙައްލުކޮށްފައި ވަނީ ލ. އަތޮޅުގައި މަސައްކަތްކުރާ ފެނަކައިގެ ޓީމަކާއި އެމްއެންޑީއެފްގެ ޓެކްނިކަލް ޓީމަކުންކުރި ބުރަ މަސައްކަތްތަކަކަށްފަހުއެވެ.

ގަމުގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހުގެ މެންދުރުފަހު 2:50 ހާއިރުއެވެ. އަދި އޭގެ ގަޑިއެއްހާއިރު ފަހުން، 3:50 ހާއިރު ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ކުޑަރިކިލުގައި ސޯލާ-ޑީސަލް ބެޓެރި ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކޮށް ނިމިއްޖެ

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

Laamu link road

ލާމު ލިންކުގައި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެެއްޖެ

66

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި