ކުއްލި ޚަބަރު

އައްޑޫ ބޮޑު ޑްރަގް ނެޓްވޯކް އަތުލައިގަތުން: ބޮޑުންގެ ވަނަވަރު ހާމަކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ހިޔާވަހި ލޯނަށް ލުއިގޮތްތަކެއް ރައީސް ހަމަޖައްސަވައިދެއްވައިފި

ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން މިނިވަންނުކުރެވޭނެ: ރައީސް

ގާޒީ ފާއިޒު ވަކިކުރަން މަޖިލީހުން ފާސްކޮށްފި

Mm

ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ޤާޒީ ޙުސައިން ފާއިޒު ރަޝާދު މަޤާމުން ވަކިކުރެއްވުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ، މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

ޤާޟީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް އެދި ޖޭއެސްސީން ހުށައެޅި ސިޓީގައިވަނީ، ސ. ހިތަދޫ، ކޯޒީކޯނާ، ޢަލީ އަންވަރުގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމުގައި ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް ގާޒީ ޙުސައިން ފާއިޒު ރަޝާދު ޢަމަލުކޮށްފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ، ޤާޟީގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކޮށް، މި މައްސަލާގައި ތުހުމަތުކޮށްފައިވާ ޢަމަލެއް ގާޒީ ފާއިޒު ކޮށްފައިވާކަމަށް ސާބިތުވެފައިވާކަން ފާހަގަކޮށްފައެވެ.

ފާއިޒް ކްރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކުރަން ނިންމީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓުދެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަމުރަށް ބަންދުން ދޫކޮށްލި ޢަލީ އަންވަރަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް އުޅޭކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ. މީގެ ކުރިން ފުލުހުން ވަނީ، 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށްފައެވެ. އޭގެފަހުން ފެންމަތިވި އިތުރު މައްސަލައެއްގައި 5 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރު ކުރުމަށްފަހު، މުއްދަތު ހަމަވާތީ އަނެއްކާވެސް އޭނާ ކޯޓަށް ޙާޟިރު ކުރުމުން އެއްވެސް ޝަރުތަކާ ނުލައި ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދާއި ގުޅޭގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީއަށް ދެ މައްސަލައެއް ހުށައެޅުނެވެ. މިކަމާއި ގުޅިގެން މިދިޔަ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ، ސަސްޕެންޑްވެސް ކޮށްފައެވެ. އެނގިފައިވާ ގޮތުގައި ޤާޟީ ފާއިޒާއި ގުޅޭގޮތުން ހުށައެޅުނު 2 ވަނަ މައްސަލައަކީ، މަރުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާއި މެދު ޢަމަލުކުރި ގޮތާއި މެދު ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަތަކާއި ގުޅިގެން ގާޒީ ފާއިޒު އޭރު ސަސްޕެންޑް ކުރީ، ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2021 ވަނަ އަހަރުވެސް ޤާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ، 2 މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ. އޭރު ފާއިޒު ސަސްޕެންޑް ކުރީ، އޯޑިއޯއެއް ލީކުވި މައްސަލާގައެވެ. ނަމަވެސް އެ އަހަރުގެ ޑިސެންބަރު 26ގައި ސަސްޕެންޝަން އުވާލިއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުން ފަނޑިޔާރަކު ވަކިކުރެވޭނީ، ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ނުވަތަ އެ މަޤާމަށް އެކަށީގެންނުވާ ފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

ލޭބާ ސެންޓަރުގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް

Raees Muiz

ޖަނަވާރުތަކަށް އިޙުމާލުވާނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާ ބިލު ތަސްދީގުކުރައްވައިފި

majilis

ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަބަދު ދެވޭ ގޮތަށް ފާސްކޮށްފި

zakat

ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ޒަކާތުގެ ފުރަތަމަ ޤާނޫނު މަޖިލީހުން ފާސްކޮށްފި

TTH_advertisement