ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

Mm

ވެރިކަން ކުރާ ޕީއެންސީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވީ ދާދި ފަހުންނެވެ.

މަހްލޫފް އެމަގާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހުއެވެ. މިއަދު ބޭއްވި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މަހުލޫފް ޖަޕާނު ސަފީރު ކަމަށް އައްޔަންކުރަން ފާސްކުރީ  ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާގުންނެވެ.

މަހްލޫފް ޕީއެންސީއާ ގުޅިވަޑައިގަތީ މި މަހުގެ 14 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގައެވެ.

މަހްލޫފު ސިޔާސީ ދާއިރާ އަށް ނުކުންނެވީ ކުރީގެ ޑީއާރްޕީންނެވެ. އެ ދުވަސްވަރު އޭނާ ކުރީގެ ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. އޭގެ ފަހުން އާ ގާނޫނުއަސާސީގެ ދަށުން އެކުލަވައިލި ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކަމަށް މަހްލޫފް އިންތިހާބުވެވަޑައިގަތެވެ. މަހްލޫފަކީ ކުރީގެ ޕީޕީއެމްގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mp Falah

ޓެރަރިޒަމް ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަށް ސަރުކާރުގެ ތާއީދު އެބައޮތް: ފަލާހު

ފެންޝަން ފައިސާ ނެގޭ އިސްލާހަށް ލަފާ ހޯދަނީ

66

ބޮޑު ދެ އިންތިޚާބު އެކުގައި ބާއްވާގޮތް ހަދަން ގާނޫނުއަސާސީ އިސްލާހުކުރަން ކޮމިޓީން ފާސްކޮށްފި

Qw

މަޖިލީހަށް ޕެޓިޝަން ހުށަހަޅަން މުޅިން އަލަށް އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލެއް އިފްތިތާޙުކޮށްފި

TTH_advertisement